ސައުދީ އިންވެސްޓްމަންޓް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ނިމުނުއިރު ސައުދީ އަރަބިއްޔާގައި އެންމެ ގިނައިން އިންވެސްޓްކުރި ގައުމުތަކުގެ ލިސްޓުގައި އެމެރިކާ އޮތީ 6 ވަނައިގަ އެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތީ 40.5 ބިލިއަން ޑޮލަރުގެ އިންވެސްޓު ކުރަމުންދާ އޫއޭއީ އެވެ. ދެވަނައަށް ދެން އޮތީ 27.1 ބިލިއަން ޑޮލަރު އިންވެސްޓު ކުރަމުންދާ ލަކްޒަމްބަރގް އެވެ. 3 ވަނާގައި 17.4 ބިލިއަން ޑޮލަރު އިންވެސްޓު ކޮށްފައިވާ ފްރާންސެވެ. އަދި 4 ވަނާގައި ނެދަލެންޑްސް (17.1 ބިލިއަން ޑޮލަރު) އަދި 5 ވަނާގައި އިނގިރޭސިވިލާތް (16.7 ބިލިއަން ޑޮލަރު) އެވެ.
މި ގަދަ ދިހައެއްގެ ލިސްޓުގައި ބާކީ ތިބި އިންވެސްޓަރުންގެ ތެރޭގައި ބަހްރެއިން (10 ބިލިއަން ޑޮލަރު)، ކުވައިތު (9.5 ބިލިއަން ޑޮލަރު)، ޖޯޑަން (6.8 ބިލިއަން ޑޮލަރު)، އަދި ޖަޕާން (6.3 ބިލިއަން ޑޮލަރު) ގެ އިންވެސްޓްމެންޓު ހިމެނެ އެވެ.
މި އަދަދުތަކުން ދައްކުވައިދެނީ ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް ސައޫދީ އަރަބިއްޔާއަކީ، ޝައުގުވެރިކަން ބޮޑު، އަދި އިގްތިސާދީ ޕާޓްނަޝިޕްތަކައި މުހިންމު މަންޒިލެއް ކަމުގައެވެ.



