އިޒްރޭލުން ކާނާ ބޭނުން ކުރަނީ ހަތިޔާރެއްގެ ގޮތުގައި: ކެނެޑާ ފޮރިން މިނިސްޓަރު އަނީތާ އާނަންދު

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ އެގައުމުގެ އައު ޚާރިޖީ ވަޒީރުގެ މަގާމަށް އިންޑިއާ ދަރިކޮޅުގެ އަނީތާ އާނަންދު އައްޔަން ކުރައްވާފައެވެ. އާނަންދު ވަނީ މަގާމުގެ ހުވައިވެސް ކުރައްވާފައެވެ.

ކެނެޑާގެ އާ ފޮރިން މިނިސްޓަރު އަނީތާ އަނަންދު ވިދާޅުވަނީ ވަނީ އިޒްރޭލުން ޣައްޒާގައި ހިންގާ އޮޕަރޭޝަންގައި ބަނޑަށް ޖެއްސުން ބޭނުން ކުރަނީ ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައެވެ. އަދި އޭނާ ވަނީ ހަމަލަތައް ހުއްޓާލުމަށް އިލްތިމާސް ކުރައްވާފައެވެ.

ކެބިނެޓް ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާނަންދު ވިދާޅުވީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބަނޑަށް ޖެއްސުމަށް ފުރުސަތު ނުދެވޭނެ ކަމަށެވެ. "ފަލަސްތީނުގައި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދިން އަނިޔާގެ ސަބަބުން 50،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ." ކާނާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހިއްސާ ކުރައްވާ!