ޣައްޒާ ކާނާ ވެއްދުމަށް ޓްރަމްޕަށް ގޮވާލާ ގަރާރެއް ސެނެޓަށް ހުށަހަޅައިފި

ޒަޔަނިސްޓުން ބަނޑަށް ޖައްސާފައިވާ ޣައްޒާއަށް ކާނާއާއި އިންސާނީ އެހީ ވެއްދިޔަ ދިނުމަށް ޑިޕްލޮމެސީގެ ބާރު ބޭނުން ކުރުމަށް ޓްރަމްޕް ރައީސަށް ގޮވާލާ ގަރާރެއް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވަނީ އެމެރިކާގެ ސެނެޓަށް ހުށަހަޅާފައެވެ.

ޣައްޒާގެ ޔަހޫދީ ހިސާރަށް އަވަސް ނިމުމެއް ގެނައުމަށް ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުން ކުރުމަށް ގޮވލާ ގަރާރު ހުށަހެޅީ ސެނެޓުގެ 30 މެންބަރަކެވެ.

އޭގައި އެދިފައި ވަނީ، އާންމުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި ޣައްޒާއަށް ކާބޯތަކެއްޗާއި ފެނާއި އިންސާނީ އެހީ އަވަސް ގޮތެއްގައި ވެއްދުމަށް ގޮވާލާ ކަމަށެވެ.

ޔޫރަޕުގެ ގައުމުތަކުންވެސް ވަނީ ޔަހޫދީންގެ ހިސާރަ ކުރުމާ ދެކޮޅަށް ވާހަކަ ދައްކަން ފަށާފައެވެ. އަދި އިއްޔެ ނިއުޔޯކް ޓައިމްސް އިން ވަނީ އިންސާނީ އެހީތަކަށް ހުރަސް އަޅައިފައި ވަނީ ނަތަންޔާހޫގެ ސަރުކަރުން ކަމަށް އިޒްރޭލުގެ ސިފައިންގެ އޮފިސަރުންނާ ހަވާލާދީ ރިޕޯޓެއް ގެނަސްދީފައެވެ.

ހިއްސާ ކުރައްވާ!