ނާޒީ ޒަޔަނިސްޓުން ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ހަމަލަތައް ވިލަރެސް ކޮށްދިނުމަށް މައިކްރޯސޮފްޓު ކުންފުނިން އެހީތެރިވެ ދިންކަމަށް އެއްބަސްވެއްޖެއެވެ. މައިކްރޯސޮފްޓުން ބުނީ އެކުންފުނީގެ މަސްނޫއީ ބުއްދި (މަބު) ސޮފްޓްވެއަރ ބޭނުން ކުރަން ހުއްދަ ދިނީ އެމީހުންގެ ބޮޑެތި ތަޖުރިބާކާރުންގެ ބެލުމުގެ ދަށުންނެވެ. އަދި މަބު ބޭނުންކޮށްފައި ވަނީ، ހަމާސްގެ މެހުމާންދާރީގައި ތިބި ހަނގުރާމައިގެ އަސީރުން ހޯދަން ކަމަށްވެސް ބުނެއެވެ. އަދި އެކުންފުނިން ހޯދި ހޯދުމުގައި ޒަޔަނިސްޓު ޔަހޫދީން މި ސޮފްޓްވެއަރ އެއްވެސް އިންސާނެއް މަރާލުމުގައި ބޭނުންކޮށްފައިވާ ކަން ފެންނާން ނެތް ކަމަށް ބުނެއެވެ.
މައިކްރޯސޮފްޓުން ބުނީ ޔަހޫދީން އެދުނު ބައެއް އެދުންތައް ފުއްދައިދީ، އަނެއް ބައި އެދުންތަކަށް ނޫނެކޭ ބުނެފައިވާނެ ކަމަށެވެ.
"ޣައްޒާގެ އެއްވެސް މީހަކަށް ގެއްލުމެއް ދިނުމަށް މަބު ޓެކްނޮލޮޖީ ބޭނުންކުރި ކަމުގެ އެއްވެސް ހެއްކެއް އަދި އަޅުގަނޑުމެންނަކަށް ނުފެނެއެވެ." މައިކްރޯސޮފްޓުން ބުނެއެވެ. އެކަމަކު އެކުންފުނީގެ މަބުގެ މަސައްކަތުގައި އުޅޭ ފަންނީ މީހުން ވަނީ މައިކްރޯސޮފްޓުން ޔަހޫދީންގެ ހަނގުރާމައިގެ އާލާތްތަކަށް މަބު ސޮފްޓްވެއާ ބޭނުން ކުރަން ދިންކަމަށާއި މީހުން ހޯދައި މެރުމަށް މަބު ބޭނުން ކުރިގޮތްވެސް ކިޔައި ދީފައެވެ. އެކަމާ ގުޅިގެން ބައެއް އިސް މުވައްޒަފުން އިސްތިއުފާ ދީ އަނެއް ބައި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވެއެވެ.





