ބަލޫޗިސްތާނަކީ ޕާކިސްތާނާ ބެހޭ ތަނެއް ނޫން ކަމަށް ބުނެ، ބަލޫޗީން ޕާކިސްތާނުން މިނިވަންކން އިއުލާން ކޮށްފިއެވެ. މިކަން އިއުލާން ކޮށްފައި ވަނީ އެންޓި ޕާކިސްތާން ރެސިސްޓެންސް މޫވްމަންޓްގެ ފަރާތުންނެވެ. ބަލޫޗިސްތާނުގެ އެކްޓިވިސްޓުން ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އާއި އެހެނިހެން ޖަމާއަތްތަކުން މި ހަރަކާތުގައި ބައިވެރިވެއެވެ.
ބލޫޗިސްތާނުގައި ޕާކިސްތާނުން ވަކިވެގަތުމުގެ ހަރަކާތް ވަނީ މިފަހަކަށް އައިސް ކުރިއަށް ވުރެން ހޫނުވެފައެވެ. މިނިވަން ކަމަށް މަސައްކަތް ކުރާ ފަރާތްތަކުން ކޮށްފައިވާ މި އިއުލާނުން ދައްކުވައިދެނީ ބަލޫޗިސްތާނުގައި ޕާކިސްތާނުގެ ދައުލަތުން އަޅާ ސަލާމަތީ ފިޔަވަޅުތަކާއި އެ ސަރަހައްދުގެ މުއްސަނދި މައުދަންތައް ބޭނުންކުރުމަށް އެމީހުން ދެކޮޅު ހަދާ ކަމެވެ.
ޕާކިސްތާނުން ވަކިވެގަތުމުގެ މުހިންމު ޖަމާއަތެއް ކަމަށް ވާ ބީއެލްއޭ އަކީ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ފަދަ ބޭރުގެ މަޝްރޫއުތަކާ ދެކޮޅު ހަދާ ބައެކެވެ. ސީޕެކްގެ މުހިންމު ބައިތަކަކީ، ބަލޫޗިސްތާނު ތެރޭގައި ހިމެނޭ ޕްރޮޖެކްޓްތަކެވެ.
ބީއެލްއޭއަކީ، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަރާޗީގެ އެއާޕޯޓް ކައިރީގައި ޗައިނާގެ އިންޖިނިއަރުންނަށް އަމާޒުކޮށްގެން ހަމަލަދިން ޖަމާއަތެވެ. މިއީ ޕާކިސްތާނުން ބުނާ ގޮތުގައި ޓެރަރިސްޓް ޖަމާއަތެކެވެ.
މި ހަރަކާތުގައި އިސްކޮށް އުޅެނީ:
ޚައިބީރް މައްރީ: ފްރީ ބަލޫޗިސްތާން މޫވްމަންޓްގެ ލީޑަރު، މައްރީ އޮޕަރޭޓް ކުރަނީ ލަންޑަނުގައި އަރުވާލެވިގެން ހުރެއެވެ. އޭނާއަކީ ސިޔާސީ އަދި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން މިނިވަން ބަލޫޗް ސްޓޭޓެއް ގާއިމް ކުރުމަށް ވަކާލާތު ކުރާ މީހެކެވެ.
ބްރަހަމްދާގް ބުގްތީ: ސްވިޒަލޭންޑްގައި ހުންނަ ބަލޫޗް ރިޕަބްލިކަން ޕާޓީގެ ވެރިޔާ ބުގްޓީ އަކީ ހަތިޔާރު އެޅި ހަމަލަތަކާ ދުރުވެ ބަލޫޗްގެ އަމިއްލަ ނިންމުމަށް ބައިނަލްއަގްވާމީ ތާއީދެއް ހޯދުމަށް ބާރުއަޅާ މީހާ އެވެ.
الله ނަޒަރު ބަލޫޗް: ބަލޫޗް ލިބަރޭޝަން ފްރަންޓް (ބީއެލްއެފް) ގެ ކޮމާންޑަރު، ނަޒަރު ޕާކިސްތާނުގެ ސިފައިންނާ ދެކޮޅަށް ގެރިލާ އޮޕަރޭޝަންތަކުގައި އިސްކޮށް ހަރަކާތްތެރި ވެއެވެ.
ގުލްޒާރު އިމާމް (ޝަމްބީ): ޕާކިސްތާނުގެ ސަރުކާރައެކު ސުލްހަ ހެދި ބީއެލްއޭގެ އިސް ކޮމާންޑަރަކީ ކުރިން ބޮޑެތި ހަމަލަތައް ދީ ހެދި މީހެކެވެ.
މަހްރަންގް ބަލޫޗް: ބަލޫޗް ޔަކްޖެހްޓީ ކޮމިޓީ ގެ ރައީސް މަހްރަންގް އަކީ ފާހަގަ ކޯށްލެވޭ އެކްޓިވިސްޓެކެވެ. އޭނާ ދެކޮޅު ހަދަނީ ނިޒާމުން ގެއްލުވާލުމާއި ނުސްވެރިންނަށް އަނިޔާ ކުރުމާ ދެކޮލަށެވެ.
ބަލޫޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ބޮޑު ސަހަރެވެ. ނަމަވެސް އާބާދީ މަދު ޕްރޮވިންސެކެވެ. ގުދުރަތީ މުއސަނދިކަން އިތުރު އަދި ފަގީރު ސަހަރެކެވެ.


