ނިއު ޔޯކް ޔުނިވަރސިޓީން ވަނީ ގްރެޖުއޭޓްވާ ދަރިވަރަކަށް ސަނަދު ދިނުމަށް ދެކޮޅު ހަދައި ސަނަދު ހިފަހައްޓާފައެވެ. އެއީ އެ ދަރިވަރު ގްރެޖުއޭޝަން ޙަފްލާގައި ދެއްކި ވާހަކައިގައި ފަލަސްޠީނާއެކު ހިނގަމުންދާ ހަނގުރާމައިގައި ޒަޔަނިސްޓުންގެ ޖެނޮސައިޑަށް ފާޑު ކިޔުމުންނެވެ.
އެ ދަރިވަރުގެ ކާކުކަން ހާމަކޮށްފައި ނުވެއެވެ. މެއި 2025 ގައި ބޭއްވުނު ގްރެޖުއޭޝަން ޙަފްލާގައި އެ ދަރިވަރު ދެއްކި ވާހަކައިގައި ޔަހޫދީ ސިފައިންގެ ސިޔާސަތު ކުށްވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެއްބާރުލުން ދޭކަމުގެ ޝުއޫރު ފާޅުކޮށްފައިވެއެވެ.
ނިއުޔޯކު ޔުނިވާސިޓީގެ އިސްވެރިން ބުނެފައިވަނީ އެ ދަރިވަރު ޔުނިވަރސިޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާ ކަމަށެވެ. ޚާއްޞަކޮށް ސުލްހަ މަސަލަސްކަމަށް ބުރޫއަރާފަދަ އަމަލުތަކާއި ތަފާތުކުރުމުގެ ވާހަކަތައް ދެއްކުން މަނާ ކުރާ ގަވާއިދުތަކާ ޚިލާފުވެފައިވާ ކަމަށެވެ. ޔުނިވަރސިޓީން ބުނެފައިވަނީ އެ ވާހަކައިގެ ސަބަބުން ޙަފްލާގައި ބައިވެރިވި ފަރާތްތަކަށް ރައްކާތެރިކަން ގެއްލިފައިވާ ކަމަށާއި، އެފަދަ ޙަފްލާތަކުގައި ދެއްކުމަށް އުންމީދު ނުކުރެވޭ ސިޔާސީ ވާހަކަ ދައްކާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ތާއީދުކުރަމެވެ. ނަމަވެސް ގްރެޖުއޭޝަނަކީ އުފާވެރިކަން ޙިއްޞާކުރުމުގެ ވަގުތެކެވެ. އެއީ ބައިބައިވުން އުފެދޭފަދަ ވާހަކަތައް ދެއްކުމުގެ މަންޞައެއް ނޫނެވެ." ނިއުޔޯކު ޔުނިވާސިޓީގެ ތަރުޖަމާނެއް ވިދާޅުވިއެވެ.





