ސަލްމާން ރުޝްދީ ބިރުވެރި ސިފައެއްގައި ފެންނަނީ ކީއްވެ؟

ކުޑަކުދިން ބިރުގަންނަ ސިފައަކަށް ސަލްމާން ރުޝްދީ ބަދަލުކޮށް ލުމަށް އެހީތެރިވެދިން މީހާ ޖަލަށް ލާން ޙުކުމް ކޮށްފިއެވެ. އިންޑިއާގެ މުމްބާއީގެ ދަންނަބޭކަލެއްގެ ދަރިއެއްކަމަށްވާ ސަލްމާން ރުޝްދީ ދުނިޔެއަށް މޝްހޫރުކޮށް ދިނި އޭނާ ލިޔުނު އިބުލީގު ވިރުދު ވާހަކައިންނެވެ. މިފޮތް މުސްލިމުންނަށް އިހާނެތި އެއްޗެއްކަމަށް ބަލައި މުސްލިމުންގެ މެދުގައި މަނާ އެއްޗެއް ކަމަށް ކަނޑައެޅުނެވެ. ތާއަބަދަށް ފިލައިގެން އުޅެން މަޖުބުރު ކުރަނިވި ފަތުވާއެއް އިމާމް އާޔަތުﷲ ޚޮމައިނީ ރުޝްދީގެ މައްޗަށް ނެރުނެވެ.

ރުޝްދީގެ ބިރު ފިލައިގެން ދިއުމުން އޭނާ މީހުންގެ ތެރެއަށް މަދުމަދުން ފާޅުވާން ފެށިއެވެ.

ނިއުޔޯކުގައި އަދަބީ ވާހަކަތަކެއް ކިޔައިދޭން އިންދައި ސަލްމާނަކީ މުނާފިގެއް ކަމަށް ބުނަމުން، އުމުރުން 27 އަހަރުގެ ހާދީ މަޠަރު ރުޝްދީއަށް ވަޅިން ހަމަލައެއް އަމާޒު ކުރިއެވެ. މި ނިރުބަވެރި ހަމަލާގެ ސަބަބުން ރުޝްދީ ފެންނަނީ ނިކަން ބިރުވެރި ސިފައެއް ގައެވެ.

ހާދީ މަޠަރަށް ގާޒީ ވަނީ 25 އަހަރު ވަންދެން ޖަލު ބަންދުގައި ހުރުމަށް ހުކުމެއް ދީފައެވެ.

ހިއްސާ ކުރައްވާ!