ލުބުނާނުގެ ސަލާމަތީ ތަހުގީގުން ހާމަވީ އިސްރާއީލުގެ މޮސާދުގައި މަސައްކަތް ކުރުމުގައި މުހައްމަދު ހާދީ ޞާލިހް އަށް ޔަހޫދީން ފައިސާ ދީފައިވާ ކަމަށެވެ.، ހިޒްބުاللهގެ މަޝްހޫރު ލީޑަރުން އަވަހާރަކޮށްލުމަށް ބާރުއެޅި ކަމަށް ބެލެވޭ ނާޒުކު ސަލާމަތީ މައުލޫމާތު ދިނުމުގެ ބަދަލުގައި އޭނާއަށް 23،000 ޑޮލަރު ލިބުނެވެ.
އޭނާއަކީ ދީނީ އިރުޝާދު ދިނުމުގައި އުޅުނު ހިޒުބުގެ ލީޑަރުންނާ ގާތް މީހެކެވެ.
ލުބުނާނުގެ މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން "ޕަބްލިކް ޕްރޮސެކިއުޝަނުން ތުހުމަތު ކުރަނީ ޕާޓީގެ އިސް ފަރާތްތަކެއް އަވަހާރަކޮށްލުމަށް އެހިވި ސާލިހު ކަމަށެވެ. ޞާލިހް، ވަނީ އެމީހުންގެ ހަރަކާތްތަކާއި ދަތުރުފަތުރުގެ ވަސީލަތްތަކާ ބެހޭ ގޮތުން ޔަހޫދީންނަށް މައުލޫމާތު ދީފައެވެ.
އޭނާއާއި މޮސާޑާ ދެމެދު ދެއްކި ވާހަކަތަކުގައި ހިޒްބުاللهގެ މެމްބަރުން ބޭނުންކުރާ ސައިކަލުތަކުގެ ބާވަތާއި އެ ސައިކަލްތައް ގަތުމުގެ މެކޭނިޒަމްތަކަށް އަލިއަޅުވާލާފައިވާ ކަމަށާއި، މިއީ މޮސާޑުން މި ސައިކަލުތަކާއި ގޮއްވާލުމަށް ގޮވާތަކެތި ހަރުކުރުމަށް އެހީވެދިން ކަން ކަމަށް ވެސް ތަހުގީގުގައި ރިޕޯޓްކޮށްފައިވެ އެވެ.
ފުރަތަމަ އިއުތިރާފުތަކުން އެނގޭ ގޮތުގައި "މުހައްމަދު ހާދީ ޞާލިހު ފޮރެކްސް ޓްރޭޑިންގައި މަސައްކަތް ކުރަން ފެށުމުން މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، އިރާގުގައި ހުރެގެން ފުރަތަމަ ފަހަރަށް މޮސާޑާ ގުޅުނެވެ. އޭނާއަށް ފައިސާދީ ރިކްރޫޓްކޮށް އެމީހުންނަށް އެއްބާރުލުން ދޭން ފެށީ އެހިސާބުންނެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި "އޭނާގެ އިތުރު ބައިވެރިއަކު އެބަހުރި ކަމަށާއި އޭނާ އަދިވެސް ހުރީ ދޫކޮށްލާފައެވެ.
ލުބުނާނުގެ ސަލާމަތީ އިދާރާތަކުން ދަނީ ނެޓްވޯކްގެ ބާކީ ތިބި މީހުން ދެނެގަތުމަށް ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ. އާ ގޮތްތައް ބޭނުންކޮށްގެން އިސްރާއީލުން ލުބުނާނަށް އަލުން އަމާޒުކޮށްގެން ރޭވިފައިވާ ކަމުގެ އިޝާރާތްތައް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.





