ޔަމަނަށް ބޮން އެޅުމަށް 7 ބިލިއަން ޑޮލަރު އިސްރާފު ކޮށްފި

ނިއު ޔޯކް ޓައިމްސްގައި ކޮލަމިސްޓް ނިކޮލަސް ކްރިސްޓޮފް ވަނީ ޔަމަނަށް ބޮން އެޅުމަށް އެމެރިކާއިން ބިލިއަނުން ކަރަދު ކުރާ އިރު އެމެރިކާ މީހުންނަށް އެ ޤައުމު ޗާޓުން ހޯދަންވެސް ނޭނގޭ ކަމަށް ބުނެ ފާޑު ކިޔާފައެވެ. އޭނާ ބުނަނީ އެ ހަމަލާތަކަށް 7 ބިލިއަން ޑޮލަރު ހޭދަކުރާ އިރު އެމެރިކާ މީހުން ތިބެނީ ބޭސްފަރުވާއަށް ސަލާން ޖަހަން ޖެހިފައެވެ.

އޭނާ ބުނަނީ އެމރިކާގެ ހާލަކީ ގިނަ ރައްޔިތުންނަށް ޔަމަނު އޮންނަ ތަނެއް ކަންވެސް ނޭނގެއެވެ. ނުފޫޒު ގަދަ ލިޔުންތައް ލިޔައި ސަރުކާރާ ދެކޮޅަށް ބިނާ ކުރަނިވި ފާޑުކިޔުންތައް ކިޔަމުންދާ، ކްރިސްޓޮފް ބުނާ ގޮތުގައި ބައިޑެން އަދި ޓްރަމްޕްގެ ވެރިކަމުގައި މި އިސްރާފު ކޮށްފަވާ ފައިސާ އިން ވަނީ ހޫތީންގެ ބާރު ވަރުގަދަކޮށް ދީފައެވެ. އަދި އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ބޭކާރު ހަމަލަތަކަށް އިސްރާފުކުރެވިފައެވެ.

އޭނާ މިކަން އަޅާކިޔަމުން ބުނަނީ ބަނޑުހައިހޫނުކަމުގައި ތިބި ކުޑަކުދިން ސަލާމަތްކުރުމަށް ދުވާލަކަށް 1 ޑޮލަރު ދިނުމަށް އެމެރިކާ ޖެހިލުންވާ އިރު ބިލިއަނުން އިސްރާފުކޮށް ބޮން އަޅާކަށް އެމެރިކާއަށް މާބޮޑު ކަމަކަށް ނުވާ ކަމަށެވެ. އަދި މިއީ އިސްކަންދޭންވީ ކަންކަން އޮޅިފައި އޮތުން ކަމަށް އޭނާ ފާހަގަކުރުމަށެވެ.

ޔަމަނު އޮތްނަ ތަނެއް، ނުވަތަ ޔަމަނުގެ ހަނގުރާމައިގެ ހާލަތާ ބެހޭ ގޮތުން މަދު ބަޔަކަށް އެނގިފައި ވީނަމަވެސް، ބޮން އެޅުމުގެ ހަމަލަތައް އެމެރިކާއިން އިތުރު ކޮށްފައިވާ ކަމަށް ބުނެއެވެ.

ކްރިސްޓޮފް ވާހަކަތަކަށް ފަހު އެމެރިކާ ސަރކަރުގެ އަމަލުތަކަށް ފާޑުކިޔާފައި ވެއެވެ. ފާޑުކިޔާ ފަރާތްތަކުން މިފަދަ އަސްކަރީ ހަރަކާތްތަކުގެ ނަތީޖާއާމެދު ސުވާލު އުފައްދައެވެ. ނަމަވެސް، އެކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މި ހަމަލާތައް އަމާޒުކުރެވެނީ ހޫތީންގެ ނުރައްކާތައް ނައްތާލުމަށް ކަމަށެވެ. އިޒްރޭލުންވެސް ބުނަނީ ހަމަލަތައް ދިނުމުން ހުސީންނަށް އަސަރެއް ނުކުރާ ކަމަށެވެ. އެއާ ޚިލާފަށް އެމީހުން ދޭ އެންމެ ހަމަލައަކުން އެތައް ގަޑިއިރަށް މަސައްކަތް ހުއްޓި، މިލިއަން މީހުން ބިރު ގަންނަވާލައި ދަތުރުތައް ހުއްޓުވާލައި އިގްތިސާދު ހުއްޓުމަކަށް ގެނެއެވެ.

ހިއްސާ ކުރައްވާ!