ނަސާރާ ދީނުގެ މީހަކު ޖާނު ގޮއްވާލައިފި

އެމެރިކާގައި ނަސާރާ ދީނުގެ މީހަކު ޖާނު ގޮއްވާލުމުގެ ހަމަލައެއް ދީފިއެވެ. ޕާމް ސްޕްރިންގްސްގެ ދަރިމައި ކޮށްދީ ދަރި ވައްޓައިދޭ ފަރޓިލިޓީ ކްލިނިކުގައި ބޮން ގޮއްވާލާފައި ވަނީ އުމުރުން 25 އަހަރުގެ ކްރިސްޓިއަނެއް ކަމަށްވާ އެޑްވަރޑް ބާޓްކަސް އެވެ.

އޭނާ ވަނީ މި ޖާނު ގޮއްވާލުމުގައި މަރުވެގެން ފައެވެ. މި ހަމަލައަކީ އެފްބީއައި އިން ދަރަޖަކޮށްފައިވާ ގޮތުގައި "ޓެރަރިޒަމްގެ ޢަމަލެއް" އެވެ. ނަމަވެސް އޭނާ މަރުވީ ޖާނު ގޮއްވާލުމުގައި ކަމަށްވިއަސް މިއީ ޖާނު ގޮއްވާލުމުގެ ހާދިސާއެއް ކަމަށް ނުބުނެއެވެ. ޖާނު ގޮއްވާލުމަކީ ހަރުކަށި މުސްލިމުން ބޮލުގައި އަޅުވާން އޮންނަ ޓެރަރިސްޓް އަމަލެކެވެ. އެހެންނަމަވެސް މި ގޮއްވާލުމަކީ ގަސްދުގައި ކުރި ކަމެއްކަން އެފްބީއައި އިން ކަށަވަރުކޮށްދީފައިވެއެވެ.

އެމެރިކަން ރެޕްރޮޑަކްޓިވް ސެންޓަރަށް އަމާޒުކޮށް މި ޢަމަލު ހިންގާފައިވަނީ އެމީހާއަކީ ހައްދު ފަހަނައަޅާފައިވާ ކްރިސްޓިއަނަކަށް ވެފައި އޭނާ ގަބޫލުކުރާ ގޮތުގައި އައިވިއެފް ބޭނުންކޮށްގެން ދަރިން ގަރުބަ ގަތުވުމުގެ މަސައްކަތަކީ ނަސާރާ ދީނުން ހުއްދަ ނުކުރާ ކަމެއް ކަމުގައިވާތީއެވެ.

ބާޓްކަސް މި ޢަމަލު ހިންގީ އެކަންޏެވެ. އަދި މި ހަމަލާ ލައިވްސްޓްރީމް ކުރަން މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ޤަބޫލުކުރެއެވެ.

މި ހާދިސާ ސީދާ "އަމިއްލައަށް ޖާނު ގޮއްވާލުމުގެ މަރެއް" ގެ ގޮތުގައި އެފްބީއައި އިން ލޭބަލްކޮށްފައި ނުވެއެވެ. ނަމަވެސް، މީޑިއާ މަސްދަރުތަކުން ބުނަނީ ބާޓްކަސް މަރުވެފައިވަނީ ޖާނު ގޮއްވާލި ގޮއްވާލުމުގައެވެ. މިކަމުން ދޭހަވަނީ މިއީ އަމިއްލައަށް މަރުވުމަށް ދިން ހަމަލާއެއް ކަމަށެވެ.

މި ހާދިސާގެ ސަބަބާއި ވަށައިގެންވާ ޙާލަތްތައް ދެނެގަތުމަށް ތަޙްޤީޤު ކުރިއަށް ގެންދާ ކަމަށް ބުނެއެވެ. އެމެރިކާގައި ޖާނު ގޮއްވާލުން އާންމެއް ނޫނެވެ. މި ގޮއްވާލުމުގައި އިތުރު ހަތަރު މީހުންނަށް އަނިޔާވެފައިވެއެވެ.

ހިއްސާ ކުރައްވާ!