އެޕަލްގެ ކުރިއަށް އޮތް އައިފޯން 17 އެއަރ އަކީ މިފަހުން އެޕަލްގެ ފޯނުތަކަށް ގެންނަ އެންމެ ބޮޑު އެއް ބަދަލެވެ. މި ފޯނުގެ ބޯމިނަކީ 5.5 އެމްއެމް އެވެ. އައު ފޯނުގެ ބަރުދަނުގައި ހުންނާނީ ގާތްގަނޑަކަށް 145 ގްރާމެވެ.
މިދިޔަ އަހަރު ނެރުނު އައިފޯން 16 ގެ ބޯމިނަކީ 7.8 އެމްއެމް އެވެ. އަދި ބަރުދަނުގައި 170 ގްރާމް ހުރެއެވެ. އޭގެ އަހަރެއްހާ ދުވަސް ނެރުނު އައިފޯން 15 ވެސް އެފަދަ އެވެ.
މި ބަރުދަނާއި ބޯމިން ހާސިލްކުރުން އެޕަލްއަށް ފަސޭހައެއް ނުވިއެވެ. މިކަން ހާސިލް ކުރުމަށްޓަކައި އެޕަލްއަށް ޖެހުނީ، ބެޓެރީގެ ބާރު ކުޑަ ކުރާށެވެ. މިފޯނުގެ ބެޓެރި އައިފޯން 12 އަދި އައިފޯން 12 ޕްރޯގެ ބެޓެރީއާ ގާތް ކުރެއެވެ.
އެޕަލްގެ ޓެސްޓުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 60-70 ސައްތަ ޔޫޒަރުންނަށް ފޯނު ޗާޖު ނުކޮށް އެއް ދުވަސް އެއްކޮށް ބޭނުން ކުރެވިދާނެއެވެ. އަދި ބެޓެރިއަށް ހައްލެއް ހޯދުމަށް ކުރިއަށް އޮތް ތާނގައި އައިއޯއެސް 19 ނެރޭނެ ކަމަށް ބެލެވެއެވެ.





