އިޒްރޭލުން ޣައްޒާއަށް ހަމަލަތައް ދިނުމަށް އަމާޒުތައް ހޯދަނީ މަސްނޫއީ ބުއްދި (މަބު) ބޭނުންކޮށްގެންނެވެ. އެ މަބް އަކީ ޕްލެންޓީރް ޓެކްނޮލޮޖީ ކުންފުނިން އިޒްރޭލު ސިފައިންނަށް ދީފައވާ ޓްކްނޮލޮޖީއެކެވެ. މިއީ ކުރިން އިޒްރޭލު ސިފައންގެ ތެރޭގައި އުޅުނު މީހަކު 2013 ގައި އުފެއްދި ކުންފުންޏަކުން ތައާރަފް ކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. ޕްލެންޓިރް އަކީ އިޒްރޭލު ސިފައިން ފަލަސްޠީނު މީހުންގެ ޓާގެޓްތައް ހޯދައި ހަމަލަ ދިނުމަށް އަމާޒު ކުރުމަށް ބޭނުންކުރާ ލެވެންޑާ ސޮފްޓްވެއަރ ވެސް އުފެއްދި ކުންފުންޏެވެ.
އެކުންފުނީގެ ސީއީއޯ އެލެކްސް ކާޕް (ފޮޓޯގައި) އަކީ ޓްރަމްޕްގެ ސައުދީ ދަތުރުގައި ބައިވެރިވި މީހެކެވެ. އަދި ސައޫދީގެ 2030 މާރެސްގައި މަސްނޫއީ ބުއްދި އާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އިސް އެޑްވައިޒަރެވެ. އޭނާ ވަނި ސައޫދީ އަރަބިއްޔާގެ މަސްނޫއީ ބުއްދީގެ ދާއިރާގައި އިންވެސްޓް ކޮށްފައެވެ.

އަންގާރަ ދުވަހުގެ ފަތިހުން ފެށިގެން ގައްޒާގައި އިޒްރޭލުން ދީފައިޥާ ބޮމުގެ ހަމަލަތަކުގައި 73 ފަލަސްޠީނުން ޝަހީދުވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހިޖުރަކުރި މީހުން ތދިރިއުޅޭ ސަރަޙައްދުތަކަށާއި އަދި ގިނަ އަދަދެއްގެ ޞިއްޙީ މަރުކަޒުތަކަށެވެ. ޣައްޒާގެ މަދަނީ ހަސްފަތާލުގެ ޑިރެކްޓަރު މަރުވާން އަލްހަމްޞް ވިދާޅުވި ގޮތުގައި ޔަހޫދީން ދެމުންދާ ހަމަލަތަކަކީ، ނިޒާމީ ސިފައެއްގައި ޞިއްޙީ ދާއިރާ ހަލާކުކޮށްލުމަށް ރޭވިގެން ކުރެވޭ ދެމުންދާ ހަމަލަތަކެކެވެ.
ޣައްޒާ ސިޓީގެ އިރުމަތީގައިވާ އައްދަރަޖް ސަރަޙައްދުގައި ހުރި މޫސާ ބިން ނުޞައިރު ސްކޫލްގައި ހިޔާވަހިކަން ހޯދާފައިވާ މީހުންނަށް ޒަޔަނިސްޓުންގެ މަތިންދާބޯޓުތަކުން ދިން ހަމަލާއެއްގައި 12 މީހުން ޝަހީދު ކޮށްފައި ވެއވެ.
މެދު ތެރޭގެ އައްނުޞައިރާތު ކޭމްޕްގެ ހުޅަނގުގައިވާ، އާންމުން ހިޔާވަހިކަން ހޯދާފައވާ ޕެޓްރޯލް ސްޓޭޝަނަށް ޔަހޫދީން ދިން ހަމަލާއެއްގައި 15 މީހުން ޝަހީދު ކޮށްފައި ވެއެވެ.
ދޭރުލް ބަލަޙް ސިޓީގެ އިރުމަތީގައި ހުރި އަބޫސަމްރާ ޢާއިލާގެ ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 13 މީހުން ޝަހީދުކޮށްފައި ވެއެވެ. މިހަމަލަތަކަށް ނިމުމެއް ނެތެވެ.



