އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ހުންނަ އިސްރާއީލުގެ އެމްބަސީގެ ދެ މނުވައްޒަފަކަށް ޔަހޫދީންގެ މިއުޒިއަމްގެ ބޭރުގައި ބަޑިޖަހައި މަރާލާފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. މި ބަޑިޖެހުމާ ބެހޭ މައުލޫމާތު ދިން ފުލުހުންގެ އިސް ހަތަރު އޮފިޝަލަކު އެންބީސީ ނިއުސްއަށް ބުނީ މީހަކު ބަޑިޖަހައިގެން ފިރިހެނަކާއި އަންހެނަކު މަރުވި ކަމަށެވެ. އަދި އެމީހާ ހައްޔަރު ކުރަމުން ދަނިކޮށް "ފްރީ ފަލަސްތީން" އޭ ގޮވާލި ކަމަށް ފުލުހުން ބުންޏެވެ.
އޭނާއަކީ ކާކުކަން އަދި ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
ބަޑި ޖަހާފައި ވަނީ މިއުޒިއަމްގައި އިވެންޓެއް ބާއްވަމުން ދަނިކޮށެވެ.
އިއްޔެ ޖެނިން ރެފިއުޖީ ކެމްޕަށް ވަންނަން ދިޔަ ޔޫރަޕާއި އަރަބި ޤައުމުތަކުގެ 25 ޑިޕްލޮމެޓުންނާ ދިމާއަށް އިޒްރޭލު ސިފައިންވެސް ބަޑި ޖަހާފައި ވެއެވެ.
އެމެރިކާގެ އެޓާނީ ޖެނެރަލް ޕޭމް ބޮންޑީ ވިދާޅުވީ އޭނާ ހުރީ އެ ހާދިސާ ހިނގި ތަނުގައި ކަމަށެވެ. އަދި މިކަން ކުރި މީހާގެ ޝަރީއަތް ކުރާނެ ކަމަށް ބޮންޑީ ބުންޏެވެ.





