ސީއައިއޭ އޮފީހަށް ބަޑި ޖަހައިފި: އަންހެނަކު ހައްޔަރުކޮށްފި

ވަރޖީނިއާ ސްޓޭޓްގެ ލޭންގްލީގައި ހުންނަ އެމެރިކާގެ މަރުކަޒީ ޖާސޫސީ ސީއައިއޭގެ މައި ގޭޓު ކައިރީގައި މިއަދު ބަޑި ޖެހުމުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

ސީއައިއޭ އިން ބުނެފައިވާ ގޮތުގައި، އެ އޮފީހުގެ ސެކިއުރިޓީ އޮފިސަރުން ވަނީ މައި ގޭޓު ކައިރިން ކާރެއްގައި އައި އަންހެނަކާ ކުރިމަތިލައިފައެވެ.  އަދި މި އަންހެން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ސީއައިއޭގެ މައި ގޭޓު ވަނީ ބަންދުކޮށްފައެވެ. އަދި މުވައްޒަފުންނަށް ވަނީ އެހެން މަގުތަކުން އޮފީހަށް އައުމަށް އަންގާފައެވެ.

ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސީއައިއޭގެ ސެކިއުރިޓީ އޮފިސަރުން ވަނީ މައި ގޭޓާ ކައިރިވި މީހާ ހުއްޓުމަށް އެންގުމުންވެސް ނުހުއްޓި ކުރިއަށް ދިޔުމުން ބަޑި ޖަހާފައެވެ. މި އަންހެން މީހާގެ މެއަށް ވަނީ ވަޒަން އަރައި އަނިޔާވެފައެވެ. އަދި އޭނާ ވަނީ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ނަމަވެސް އޭނާގެ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ނެތް ކަމަށް ބެލެވެއެވެ.

މި ހާދިސާއަކީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ސީއައިއޭގެ މައި އޮފީހުގެ ކުރިމަތީގައި ހިނަގި މިފަދަ ދެވަނަ ހާދިސާއެވެ.

ހިއްސާ ކުރައްވާ!