އެމެރިކާއިން 1 ސެންޓުގެ ފައިސާ ފޮތި އުފެއްދުން ހުއްޓާލަނީ

އަންނަ އަހަރުން ފެށިގެން އެމެރިކާގައި އެއް ސެންޓްގެ ފައިސާ ފޮތި އުފެއްދުން ހުއްޓާލާނެ ކަމަށް އެމެރިކާގެ ޚަޒާނާއާ ބެހޭ މިނިސްޓްރީން ކަށަވަރުކޮށްދީފައެވެ.

އާންމުކޮށް ޕެނީގެ ނަމުން މަޝްހޫރު ފައިސާ ފޮތިތައް އުވާލަނީ އެ ފައިސާ ފޮތިތައް ދައުރުވަމުން އަންނަތާ ދެ ގަރުނަށް ވުރެ ގިނަ ދުވަސް ވެފައިވާ ފަހުންނެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ފައިސާ ފޮތިތަކަކީ "އިސްރާފެއް" ކަމަށް ފެބްރުއަރީ މަހު ވިދާޅުވެ އެވެ. މި ފައިސާ ފޮތި އުފެއްދުމުގެ އަގު އޭގެ އަގަށް ވުރެން ބޮޑެވެ.

އެމެރިކާގައި އެ ފައިސާ ފޮތީގެ އަގާއި އަދި އޭގެ ބޭނުންތެރިކަމާ މެދު ގިނަ ދުވަސްތަކެއް ވަންދެން ބަހުސް ކުރެވެމުން ގޮސްފައި ވެއެވެ. މިފައިސާ ފޮތި އުފެއްދުން ހުއްޓާލުމުން އަހަރަކު 56 މިލިއަން ޑޮލަރު ޚަޒާނާއަށް ސަލާމަތް ކުރެވޭނެއެވެ.

ހިއްސާ ކުރައްވާ!