ރޮޑްރިގޭސްއަށް ދައުވާ ކޮށްފި

ވޮޝންޓަނުގައި ޔަހޫދީންގެ މިއުޒިއަމް ކުރިމަތީގައި އިޒްރޭލު އެމްބަސީގެ ދެ މީހަކު މަރާލި ޒުވާނާއަށް މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ. އުމުރުން 31 އަހަރުގެ އެލިއާން ރޮޑްރިގޭސް ބުނަނީ އޭނާ އެހަމަލަ ދީފައި ވަނީ ޣައްޒާގައި އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމަށް ކެތް ނުކުރެވިގެންނެވެ. އޭނާ ވަނީ ހައްޔަރު ކޮށް ބިޑި އެޅުވިއިރުވެސް ފްރީ ޕަލެސްޓައިން ގޮވައިފައެވެ.

އޭނާގެ ގެއިންވެސް ފަލަސްޠީނަށް ތާއީދުކުރާ ޕޯސްޓަރުތައް ފެނިފައި ވެއެވެ. އެނޫން އެހެން ބައެއް ލިޔުންތައް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ތެދު ތުހުމަތެއްކަން ޔަގީނެއް ނުކުރެވެއެވެ.

ހިއްސާ ކުރައްވާ!