ބަނގްލަދޭޝްގެ ގައުމީ އެއާލައިން ބިމާން އިން ޖުލައި 1 އިން ފެށިގެން ޑަކާ އިން ނަރީޓާ އަށް ބާއްވާ ދަތުރުތައް ހުއްޓާލާނެއެވެ. މި ރޫޓުގެ ދަތުރުތައް ފެށީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ރަސްމީކޮށް ބިމާން ގެ ދަތުރުތައް ހުއްޓާލަނީ އެ ސެކްޓަރުގައ ގެއްލުމާ ކުރިމަތިލާން ޖެހިގެންނެވެ.،
އެ ރޫޓު އަލުން ފެށި ފަހުން ބިމާން އަށް 80 ކްރޯޑް ޓާކާގެ ގެއްލުމެއް ލިބިފައިވާއިރު، މަހުން މަހަށް ޑެފިސިޓް އުޅެނީ ހަތަރު ކްރޯޑް ޓާކާ ތެރޭގަ އެވެ.
އެ ސެކްޓާގެ ގިނަ ފްލައިޓްތަކުގައި ބޮއިންގް 787-800 މަތިންދާބޯޓު ބޭނުން ކުރާއިރު އޭގެ 271 ގޮނޑީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިވެސް ނު ވިކެއެވެ.
ނަރީތާ ރޫޓަކީ ބަނގްލަދޭޝްއަށް އުނދަގޫ ތާރީހެއް އޮތް ރޫޓެކެވެ. ފުރަތަމަ 1979 ވަނަ އަހަރު ތައާރަފްކުރި ފަހުން އެތައް ފަހަރަކު ސަސްޕެންޑްކޮށްފައިވެއެވެ.
އޭގެ ތެރޭގައި 1981 ވަނަ އަހަރާއި އެންމެ ފަހުން 2006 ވަނަ އަހަރު ވެސް ހިމެނެ އެވެ. 2023 ވަނަ އަހަރު އަލުން ފެށިއިރު ވެސް ރަނގަޅަށް ބިޒްނަސް ޕްލޭނެއް ހަދާފައެއް ނުވެއެވެ.



