ލީވާޠު ކުރާ އައްޔަ ބުނަނީ ގައުމަށް ފޮނުވައިފިނަމަ އަންހެނަކާ ކައިވެނި ކުރުވަފާނެ ކަމަށް

ޕާކިސްތާނުގެ ރައްޔިތެއް ކަމުގައިވާ އަލީ ރަޒާ ނާސިރު، އިނގިރޭސިވިލާތަށް ވަދެފައިވަނީ ކިޔަވާ ކުއްޖެއްގެ ވީޒާގައެވެ. އޭނާ އަނބުރައި ޕާކިސްތާނަށް ދާކަށް ބޭނުމެއް ނޫނެވެ. އޭނާ ބުނަނީ ޕާކިސްތާނަށް ގޮސްފިނަމަ އާއިލާއިން އޭނާ އަންހެން ކުއްޖަކާ ދެވައިފައި ވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސަރ ކިއެރ ސްޓާމަރއަށް އޭނާ އިލްތިމާސްކޮށްފައި ވަނީ އޭނާގެ ޝަހުވާނީ އެދުމަށް ބައްލަވައިގެން އޭނާ އިނގިރޭސިވިލާތުގައި މަޑުކޮށްގެން ހުރެވޭ ގޮތް ހައްދަވައި ދެއްވާށެވެ.

އައްޔަ ނާސިރު ބުނާ ގޮތުގައި ލަންޑަނުގައި އޭނާގެ މިޒާޖާ އެއްގޮތް މީހުން އުޅޭ ކަމަށާއި އެމީހުންނާއެކު ސަދޫމުގެ ރައްކާތެރިކަން އޭނާއަށް އިހުސާސް ކުރެވޭ ކަމަށެވެ.

އަދި އޭނާ ޕާކިސްތާނަށް އަނބުރާ ދިއުމަށް ބިރުގަންނަ ކަމަށެވެ. އިނގިރޭސިވިލާތުގައި ހުންނަ ފާރިސްކަރައިގެ ސަދޫމު ޖަމާއަތުގެ މީހުންގެ އެހީތެރިކަމާއެކު، އައްޔަ ނާސިރު ވަނީ ހިމާޔަތް ހޯދަން މަސައްކަތް ފަށާފައެވެ.

ސްޓާމަރގެ އައު ސިޔާސަތުގެ ދަށުން ބޭރު ޤައުމުތަކުގެ ގްރެރެޖުއޭޓުންނަށް އިނގިރޭސިވިލާތުގައި ހުރެވޭނީ 18 މަސްދުވަހަށެވެ. އެމީހުންނަށް ހުނަރުވެރި ވަޒީފާއެއް ނުލިބޭނަމަ ބޭރުވާން ޖެހެއެވެ. މިކަމުގެ ސަބަބުން ހާސްތަކެއް މީހުން އަނބުރާ ފޮނުވާލަން ޖެހިފައި ވެއެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ހިޖުރަވެރިންގެ އަދަދު ވަނީ 431,000 އަށް ދަށްވެފައެވެ. ނަމަވެސް ހިމާޔަތް ހޯދަން އެދިފައިވާ 32,245 މީހުން އަދިވެސް ތިބީ ހޮޓާތަކުގައެވެ.ADV

ހިއްސާ ކުރައްވާ!