ޓްރަމްޕް ދޫކޮށްލައި، ވިޔަފާރިއަށް ވަގުތު ދޭން މަސްކު ނިންމައިފި

އެކްސްގެ ޚިދުމަތްތައް މެދު ކެނޑުމާ ގުޅިގެން ޓްރަމްޕް ސަރުކާރުގެ މަސައްކަތްތައް ދޫކޮށްލައި، 24 ގަޑިއިރު ވިޔަފާރިއަށް ވަގުތު ދޭނެ ކަމަށް އެސްއާއި ތެސްލާއާއި ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކު ބުނެފިއެވެ.

އޭނާ ބުނެފައި ވަނީ މައްސަލަތައް ހައްލުކުރުމަށްޓަކައި ކޮންފަރެންސް ރޫމްތަކާއި، ސަރވަރ ރޫމްތަކާއި އަދި ފެކްޓަރީގެ ތަޅުމުގައި ނިދުމަށްވެސް އޭނާ ހުރީ ތައްޔާރަށެވެ. އަދި ކުރިން އުޅުނުހެން ބުރަކޮށް މަސައްކަތް ކުރުމުގެ ތާވަލަށް އަލުން މަސައްކަތް ބައްޓަން ކުރާނެ ކަމަށް ބުނެއެވެ.

"24/7 މަސައްކަތުގައި ހޭދަކުރުމަށް އަނބުރާ އައިސްފިން،" މަސްކް އެކްސްގައި ޕޯސްޓްކުރިއެވެ.

އެންމެ ފަހުން އެކްސްގެ ޚިދުމަތަށް ބުރޫއެރުމުން، 2،200 އަށްވުރެ ގިނަ ޝަކުވާތައް ކޮށްފައި ވެއެވެ. މި ކަން ދިމާވެފައި ވަނީ އޮރެގަންގައި ހުރި ޑޭޓާ ސެންޓަރެއްގައި ހިނގި އަލިފާނުގެ ހާދިސާއަކުން ނެވެ.

މަސްކުގެ ވިޔަފާރިއާ މީހުން ދެކޮޅު ހަދައި ހިއްސާގެ ބާޒާރުގައިވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. މަސްކު ވަނީ ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހޭދަކުރުމަށްފަހު، ސަރުކާރުގެ ބަސް ކިޔޭ މަގާމެއް ހޯދާފައެވެ.

އަދި މީހުން އޭނާގެ ކުންފުންޏާ ދެކޮޅަށް ނިކުތުމުން އޭނާ ވަނީ ސިޔަސީ މަސައްކަތުގައި އުޅުން މަދުކުރުމަށްވެސް ނިންމާފައެވެ. ADV

ހިއްސާ ކުރައްވާ!