އިޒްރޭލުގެ ރައީސް ހަރްޒޮގް ނެތަންޔާހޫގެ ސަރުކާރަށް ހަރުކަށި އިންޒާރެއް ދީފިއެވެ. ޖެރޫސަލަމްގައި ބޭއްވުނު ތައުރާތު ދިރާސާ ކުރާ ކްލާހެއްގައި ވާހަކަ ދައްކަމުން އިޒްރޭލުގެ ރައީސް އިސްހާޤު ހަރްޒޮގް ވަނީ ނަތަންޔާހޫގެ ސަރުކާރަށް ހަރުކަށި އިންޒާރެއ ދީފައެވެ. މި އިންޒާރު ގައި ބުނެފައި ވަނީ ނަތަންޔާހޫގެ ސަރުކާރުން އިޒްރޭލުގެ ހައި ކޯޓުގެ ނިންމުންތަކާ ޚިލާފަށް އަމަލު ކޮށްފިނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ.
ހަރްޒޮގްގެ މި އިންޒާރު އަމާޒުވެފައިވަނީ ނަތަންޔާހޫ އައްޔަންކުރި އައު ޝިން ބެޓްގެ އިސްވެރިޔާ މޭޖަރ ޖެނެރަލް ޑޭވިޑް ޒީނީއާ ބެހޭ ގޮތުންނެވެ.
ޔަހޫދީންގެ ހައިކޯޓުން 21 މެއި ގައި ހުކުމް ކޮށްފައި ވަނީ ޝިން ބެޓް ގެ ކުރީގެ އިސްވެރިޔާ ރޯނެން ބާރް ވަޒީފާއިން ވަކިކުރުމުގައި ނަތަންޔާހޫ އަމަލު ކުރިގޮތުން މަޞްލަޙަތު ފުށުއަރާ ކަމަށާއި އެގޮތަށް އެމީހާ ނަތަންއަށް ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށެވެ.
މިކަމާ ގުޅިގެން ޔަހޫދުންގެ އެޓަރނީ ޖެނެރަލް ވަނީ ޤާނޫނީ އުޞޫލުތަކެއް ކަނޑައެޅެންދެން އެއްވެސް އައު އައްޔަންކުރުމެއް ނުކުރުމަށް އަންގާފައެވެ. ނަމަވެސް މިއާ ޚިލާފޚިލާފަށް ނަތަންޔާހޫ ވަނީ 22 މެއި ގައި ޒީނީ ޝިން ބެޓްގެ ބޮޑު މަގާމަށް އައްޔަން ކޮށްފައެވެ.
ހަރްޒޮގް ބުނަނީ ޤާނޫނުގެ ޙުކޫމަތަކީ އިޒްރޭލު ދެމިއޮތުމަށް ބޭނުން އެއްޗެއް ކަމަށެވެ. އަދި ކޯޓުތަކުގެ ނިންމުންތަކަށް އިޙްތިރާމް ނުކުރުމަކީ ޤައުމުގެ އެއްބައިވަންތަކަމަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.
ނަތަންޔާހޫގެ މި ނނިންމުމަށް ތާއީދު ކުރަނީ ޔަހޫދީންގެ އެންމެ ކައްޓަރު ނުލަފާ ވަޒީރުން ކަމަށްވާ ޖަސްޓިސް މިނިސްޓަރު ޔަރީވް ލެވިން، މުވާޞަލާތީ ޚިދުމަތްތަކުގެ ވަޒީރު ޝްލޮމޯ ކަރްހީ އަދި މާލިއްޔަތު ވަޒީރު ބެޒާލެލް ސްމޮޓްރިޗް ފަދަ މީހުންނެވެ.






