ހަމާސް އަދި އެމެރިކާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ ޑްރާފްޓަކަށް އެއްބަސްވެއްޖެ

ޤަތަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ މަންދޫބުންނާއި އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ބައްދަލުކޮށް، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ޑްރާފްޓަކަށް އެއްބަސްވެއްޖެކަމަށް އަލްޖަޒީރާއިން ބުނެފިއެވެ. މި އެއްބަސްވުމުގެ ޑްރާފްޓުގައި ހިމެނެނީ 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަކާއި، ދެ މަރުހަލާއެއްގައި 10 ދިރިހުރި އަސީރުން ދޫކޫކޮށްލުމާއި، އަދި މަރުވެފައިވާ އަސީރުންގެ ގަބުރުތައް ދޫކޮށްލުމެވެ. މީގެ ބަދަލުގައި ޔަހޫދީން ވަގަށް ނަގައިގެން ޖަލަށް ލާފައިވާ ފަލަސްތީނު މީހުން ދޫކޮށްލެވޭނެއެވެ.

އެއްބަސްވުން ފަށާއިރު 5 ޔަހޫދީ ހަނގުރާމައިގެ އަސީރުން ދޫކޮށްލެވޭނެ އެވެ.  އަނެއް 5 އަސީރުން ދޫކޮށްލެވޭނީ 60 ވަނަ ދުވަހުގައެވެ.

މި އެއްބަސްވުމަކީ ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައގެ ޖަރީމާތައް ހުއްޓުވުމަށް އެޅޭ ފިޔަވަޅެއްކަމަށް ބެލެވެއެވެ. ނަމަވެސް، މި އެއްބަސްވުމަކީ އަދި ޑްރާފްޓެއް ކަމަށްވުމާއެކު، ދެފަރާތުން މިއަށް ސޮއިކުރުމާ ހަމައަށް އިތުރު މަޝްވަރާތަކެއް ކުރިއަށްދާނެކަމަށް ލަފާކުރެވެއެވެ.

ހިއްސާ ކުރައްވާ!