ފަލަސްޠީނުގެ ވެރިރަށް ޤުދުސް އިސްތިއުމާރު ކުރި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔަހޫދީންގެ އެންމެ ހަރުކަށި ވައްތަރުގެ މީހުން ވަނީ އިއްޔެ ހަވީރު އިރުމަތީ ޤުދުސްގައި ބޮޑު މުޒާހަރާއެއް ބާއްވާފައެވެ. މި މުޒާހަރާގައި އިސްކޮށް ހުރީ ޔަހޫދީންގެ އެންމެ ނުލަފާ ވައްތަރުގެ ސިޔާސީ ލީޑަރު އިރާގްގެ ކުރުދީ ދަރިކޮޅުގެ އިޓަމާރު ބެން-ގްވިރު އެވެ.
1967 ވަނަ އަހަރު ހިނގި 6 ދުވަހުގެ ހަނގުރާމައިގައި ބައެއް އަރަބި ޚާއިނުން ޔަހޫދީންނަށް ދީލާލުމުން ޤުދުސް ޔަހުދީންގެ އަތްދަށަށް ދިޔައީއެވެ.
އިޒްރޭލުން ގުދުސް އިސްތިއުމާރު ކުރި ދުވަސް ފާހަގަކުރުމުގެ ގޮތުން އެތައް ހާސް ހަރުކަށި ޓެރަރިސްޓް ޔަހޫދީން މި މުޒާހަރާގައި ބައިވެރިވިއެވެ. މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ވަނީ ނަފްރަތު އުފެއްދުމަށް ހަރުކަށި ބަސްތައް ގޮވާލަމުން "އަރަބިންނަށް މަރު" ފަދަ ޝިއާރުތައް ގޮވާލާފައެވެ.
ޔަހޫދީން ވަނީ އިރުމަތީ ޤުދުސްގައި ފަލަސްޠީނު މީހުންގެ ގޭގެއަށް ހަމަލަދީ ގަނާކޮށްފައެވެ.






