ސުއިޑްން އިން ޔަހޫދީ ސަފީރު ހާޒިރުކޮށްފި

ސުއިޑްންގެ ޚާރިޖީ ވުޒާރާއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ސްޓޮކްހޯމްގައި ހުންނަ އިޒްރޭލުގެ ސަފީރު ހާޒިރުކޮށް، ޣައްޒާއަށް އިންސާނީ އެހީ ވަގުތުން ފޯރުކޮށްދިނުމަށް އިޒްރޭލު ސަރުކާރުން ކަށަވަރުކުރަންޖެހޭނެ ކަމަށް އަންގައި އެކަމުގެ މައްޗަށް އަލުން ބާރުއަޅާފައިވެއެވެ.

ސުއިޑްންގެ ޚާރިޖީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، ޣައްޒާގެ އާންމު ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށް ނުދިނުމަކީ އެއްވެސް ގޮތަކަށް ޖަވާބުދާރީ ވެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު ޣައްޒާގައި ދިމާވެފައިވާ އިންސާނީ ކާރިސީ ހާލަތަކީ ހަނގުރާމަ ފެށުނީއްސުރެ އެންމެ ނުރައްކާތެރި ހާލަތު ކަމަށްވެސް އެ ވުޒާރާއިން ދެކޭ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ޣައްޒާގައި އިޒްރޭލުން ހަނގުރާމަ ކުރިއަށް ގެންދާ ގޮތަކީ "ޤަބޫލުކުރެވޭނެ ގޮތެއް ނޫން" ކަމަށް ބުނެ، ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތަށް އާންމު ރައްޔިތުން ރައްކާތެރިކުރުމަށް ސުއިޑްންގެ ޚާރިޖީ ވުޒާރާއިން އިޒްރޭލަށް ގޮވާލާފައިވެއެވެ.

ހިއްސާ ކުރައްވާ!