އެމެރިކާގެ ކުށްވެރިން އަރުވާލާ ސިޔާސަތު

 ދެކުނު ސޫދާނުގެ ގައުމަށް މުހާޖިރުން އަރުވާލުމަށް ހުއްދަ ދިނުމަށް ސުޕްރީމް ކޯޓުގައި އެމެރިކާގެ ޓްރަމްޕް ސަރުކާރުން އިލްތިމާސްކޮށްފިއެވެ. މިގޮތުން އެދިފައިވަނީ މުހާޖިރުން އެމީހުންގެ އަމިއްލަ ޤައުމު ނޫން އެހެން ޤައުމުތަކަށް އަވަހަށް އަރުވާލުމުގެ ހުއްދަ ދިނުމަށެވެ.
މިއީ ބޮސްޓަންގެ ފެޑެރަލް ޤާޟީ ބްރަޔަން އީ. މަރފީ ނެރުއްވި ޙުކުމަކާ ދެކޮޅަށް ކުރެވުނު އިލްތިމާސެކެވެ.

ޤާޟީ މަރފީގެ ޙުކުމުގައި ވިދާޅުވެފައިވަނީ މިފަދަ ގޮތަކަށް މުހާޖިރުން އަރުވާލުމުގެ ކުރިން މުހާޖިރުންނަށް އިއުތިރާޟުކުރުމަށް "މާނަވީ ފުރުޞަތެއް" ދޭންޖެހޭނެ ކަމަށެވެ.

އަދި އެކަން ކުރަން ވަނީ އަނިޔާވެރިކަމުގެ ނުރައްކާތަކަށް ރިޢާޔަތްކޮށެވެ. މި ޙުކުމް ނެރުއްވީ 8 މުހާޖިރުން ޖިބޫތީއަށް ފޮނުވާލި ހާދިސާއަކާ ގުޅިގެންނެވެ. މި މީހުންނަކީ ބޮޑެތި ޖިނާއީ ކުށްތަކުގެ ޙުކުމް ތަންފީޒުކުރަމުންދާ ބަޔެކެވެ.

 އެމީހުންނަށް އަންގާފައި އޮތީ ސައުތު ސޫދާނަށް ފޮނުވާލާނެ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ މީހަކީ ސައުތު ސޫޑާނުގެ ރައްޔިތެކެވެ. އަނެއް މީހަކު މިޔަންމާއަށް ފޮނުވާލަން ނިންމާފައިވާއިރު، އަނެއް ހަ މީހުންގެ ކަންތައް ވަނީ ނުނިމިއެވެ.

ޓްރަމްޕް އިދާރާއިން ބުނާ ގޮތުގައި އަރުވާލުމުގެ ކުރިން އަޑުއެހުމެއް ބޭއްވުމަށް ޤާޟީ މަރފީ ނިންމެވުމަކީ އެ ބޭފުޅާގެ އިޚްތިޞާޞް ފަހަނައަޅާ ދިޔުމެކެވެ. މިވަގުތު މި މުހާޖިރުން ތިބީ ޖިބޫތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްއެއްގެ ކައިރީގައެވެ. ޤާޟީ މަރފީގެ އަމުރުގައިވާ ގޮތުން މި މީހުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީ، އަރުވާލުމުގެ ޕްލޭނަށް ވާހަކަ ދެއްކުމަށް ފުރުޞަތު ދޭންޖެހެއެވެ. މިކަމުގެ ސަބަބުން އިމިގްރޭޝަން ސިޔާސަތާ ގުޅޭ ގޮތުން އޮތް ހަލަބޮލިކަން އިތުރުވެގެން ގޮސްފައިވެއެވެ.                   

ހިއްސާ ކުރައްވާ!