ޣައްޒާގައި ޝަހީދުވި ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު 54,000 އަށް އަރައިފި

ޣައްޒާގެ ސިއްޙީ ވުޒާރާއިން އެންމެ ފަހުން ދީފައިވާ މަޢުލޫމާތުގައި ބުނަނީ ޔަހޫދީންގެ ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ޣައްޒާގައި ޝަހީދުވެފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު 54,084 އަށް އަރައިފި ކަމަށެވެ. މީގެ އިތުރުން ފަލަސްޠީނުގެ 123,308 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މާރިޗު 18 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިސްރާއީލުން ނިމުމަކަށް ގެނައުމަށްފަހު، އިތުރު 3,924 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް، 11,267 މީހުން ޒަޚަމްކޮށްފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުގެ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ ހޮސްޕިޓަލްތަކަށް 28 މައްޔިތުންނާއި 179 ޒަޚަމްވެފައިވާ މީހުން ގެނެވިފައިވާ ކަމަށްވެސް ސިއްޙީ ވުޒާރާއިން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!