މިއަދު އީރާނުގެ ސަރުކާރުގެ މީޑިއާއިން ހާމަކުރި ގޮތުގައި އިޒްރޭލަށް ޖާސޫސީކުރި ކަމަށް ތުހުމަތުކުރެވުނު މީހަކު ދަންޖައްސައި މަރައިފިއެވެ. އީރާނުގެ ރަސްމީ ނޫސް އެޖެންސީ ން ބުނެފައިވާ ގޮތުގައި ޕަދްރާމް މަދާނީ ކިޔާ މި މީހާ އިޒްރޭލަށް ޒިޔާރަތްކޮށް، އެ ޤައުމުގެ އިންޓެލިޖެންސް އޮފިސަރުންނާ ބައްދަލުކޮށް، "އިންފްރާސްޓްރަކްޗަރ" އާލާތްތައް ބެހެއްޓިފައިވާ އިމާރާތްތަކާ ގުޅޭ ސިއްރު މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަދާނީއަށް މި މަޢުލޫމާތު ހިއްސާކުރުމުގެ މުޤާބިލުގައި ބޭރު ފައިސާ އަދި ކްރިޕްޓޯ އިން ބަދަލު ލިބިފައިވެއެވެ. އަދި އޭނާ ބެލްޖިއަމްގައި ހުރި އިޒްރޭލުގެ އެމްބަސީގައި މޮސާދުގެ އޮފިސަރުންނާވެސް ބައްދަލުކޮށްފައިވެއެވެ.
އީރާނުގެ ދަށު ކޯޓަކުން މަދާނީއަށް މަރުގެ ޙުކުމް އިއްވުމަށްފަހު، އެ ޤައުމުގެ ސުޕްރީމް ކޯޓުން އެ ޙުކުމް ދަމަހައްޓާފައިވުމާ ގުޅިގެން އޭނާ ދަންޖައްސައި މަރައިލާފައިވަނީއެވެ.
2025 ވަނަ އަހަރުގެ މިހާތަނަށް އީރާނުން ވަނީ މަދުވެގެން 478 މީހުން ދަންޖައްސައި މަރައިލާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 75 އިންސައްތައިގެ އިތުރުވުމެކެވެ. ގިނައީ ޔަހުދީންނަށް ޖާސޫސްކޮށްދިން މީހުންނެވެ.





