ޔަހޫދީންނަށް ބިން ފޭރެން އެހީވެދޭ ގެރިއެއް

ހުޅަނގު އައްސޭރީގައި ބިން ހިފުމަށް ހިޔަޅު ޔަހޫދީންގެ ގްރޫޕަކުން އާ އުކުޅެއް ބޭނުންކުރަމުންދާ ކަމަށް އިޒްރޭލު މީޑިއާއިން ބުނެއެވެ.

މި އުކުޅަކީ ޔަހޫދީއަކު ގެންގުޅޭ ރަތް ކުލައިގެ ގެރިއަކުން މެސެޖުތަކެއް ދެނީކަމަށް ބުނެ އެ ގެރި ބުނާގޮތަށް ކަންކުރުމެވެ.

ޔަހޫދީ ވަޒަންވެރިން ވަނީ ހުޅަނގު އައްސޭރީގެ ތިންބައިކުޅަ އެއްބައި ސަރަޙައްދު ހިފައި، އެ ސަރަޙައްދުތަކުގައި ދިރިއުޅެމުން އައި ފަލަސްތީނުގެ ރައްޔިތުން އެތަންތަނުން ބޭރުކޮށްލާފައި ވެއެވެ.

މި ޚަބަރު ފަތުރާ ޔަހޫދީ މީޑިއއިން ބުނާ ގޮތުގައި، ޒަޔަނިސްޓު ޔަހޫދީ ސެޓްލަރުން މިކަމަށް ބޭނުން ކުރަނީ، ހުޅަނގު އައްސޭރީގައި ހިފާފައިވާ ބިންތަކުގައި އުޅޭ ހަރުކަށި ހައްދުފަހަނައަޅާފައިވާ ޔަހޫދީއަކު ގެން ގުޅޭ ގެރިއެކެވެ.

އެ ގެރި ގެންގޮސް އެއްވެސް ހިސާބެއްގައި ހުއިހައްޕަން ދޫކޮށްލައިފިނަމަ އެ ސޮރު އެސަރަހައްދެއްގައި އުޅޭ ގޮތަކުން ޔަހޫދީ މީހާ ނިންމަނީ އެއީ ހިފަން ޖެހޭ ބިމެއް ކަމަށެވެ. އެމީހުން ބުނަނީ އެ ގެރިއަކީ ސީދާ މަތިން އިލްހާމު ވާ ގެރިއެއް ކަމަށާއި އެ ގެރި އެ ބިމެއްގައި އުޅޭ ގޮތުން އެ ބުނަނީ އެތަނެއްގައި ޔަހޫދީން ވަޒަންވެރި ކުރުމަށް ހިފަން ވީކަމަށެވެ.

މިގެރި ބޭނުންކޮށްގެން މިހާރުވެސް ފުދޭވަރެއްގެ ބިމެއް ހިފާފައ ވެއެވެ.

ހިއްސާ ކުރައްވާ!