"ހައުސްފުލް 5″ ގެ ޓްރެއިލަރ ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު "ހައުސްފުލް" ސިލްސިލާގެ ފަސްވަނަ ފިލްމު "ހައުސްފުލް 5″ ގެ ޓްރެއިލަރ އިއްޔެ މުންބާއީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ދައްކާލައިފިއެވެ. ތަރުން މަންސުޚާނީ ޑައިރެކްޓް ކުރާ މި ފިލްމަކީ ބޯޓެއްގައި ހިނގާ މަރުގެ މައްސަލައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ޓްރެއިލާގައ ފެންނަ ގޮތުގައި މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ 69 ބިލިއަން ޕައުންޑްގެ ތަރކައެއް ވާރުތަކުރާނެ ތިން ވާރިސުންގެ މައްޗަށެވެ. ނަމަވެސް އުޅަނދުގައި އެމީހުންގެ ބައްޕަ މަރާލުމާ ގުޅިގެން ކަންކަން އޮޅުންބޮޅުންވެ، ހަމަނުޖެހުންތަކެއް ހިނގައެވެ. މިކަމާ ގުޅިގެން ފުލުހުންނާއި އެހެނިހެން ފަރާތްތައް ވެސް މައްސަލައިގައި ބައިވެރިވެއެވެ.

މި ފިލްމުގެ މައިގަނޑު ދައުރުތަކުގައި ފެންނަނީ އަކްޝޭ ކުމާރު، އަބީޝެކް ބައްޗަން އަދި ރިތޭޝް ދޭޝްމުޚްއެވެ. މީގެ އިތުރުން ޖޮނީ ލީވަރ، ޗަންކީ ޕާންޑޭ، ޖެކީ ޝްރޮފް، ސަންޖޭ ދަތް އަދި ނާނާ ޕާޓޭކަރު ފަދަ ތަރިން ވެސް މި ފިލްމުގައި ފެނިގެންދާނެއެވެ. އަދި ސޯނަމް ބަޖްވާ، ޖެކްލީން ފާނަންޑޭޒް އަދި ނަރްގިސް ފަޚްރީ ފަދަ ރީތި ތަރިން ވެސް މި ފިލްމުގައި ފެނިގެން ދާނެއެވެ.

ސާޖިދު ނަޅިޔާދްވާލާ ލިޔެ ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. ޓްރެއިލަރުން ދައްކާގޮތުގައި މި ފިލްމަކީ ވަރަށް ގިނަ މަޖާ މަންޒަރުތަކާއި ހާސްކަން ގެނަސްދޭ ވަގުތުތައް އެކުލެވޭ ފިލްމެކެވެ.ADV

ހިއްސާ ކުރައްވާ!