އިޒްރޭލް: ވިޓްކޯފްގެ ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމަށް ރުހެން

އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްގެ އައު ހުށަހެޅުމަށް އިޒްރޭލު ސަރުކާރުން އެއްބަސްވެއްޖެއެވެ. މި ހުށަހެޅުން މިވަގުތު ހަމާސްއިން ދަނީ ދިރާސާކުރަމުންނެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ނަތަންޔާހޫ އާ ހަވާލާދީ ރިޕޯޓޫ ކުރީ "އަޅުގަނޑުމެން ވިޓްކޮފްގެ އައު ޕްލޭނަށް އެއްބަސްވަން" އެވެ.

މި ހުށަހެޅުމުގައި ހިމެނެނީ 60 ދުވަހަށް ހަނގުރާމަ ހުއްޓާލުމާއި، ދެ ފިޔަވަހީގެ ދަށުން 10 ޔަހޫދީ އަސީރުން ދޫކޮށްލުމާއި، 10 މަރުވެފައިވާ އަސީރުންގެ ހަށިގަނޑު ރައްދުކުރުމެވެ.

ހަމާސްއިން ބުނެފައިވަނީ އެ ފަރާތުން މެދުވެރިންގެ އަތުން ވިޓްކޮފްގެ އައު ހުށަހެޅުން ލިބި، ފަލަސްތީނު ރައްޔިތުންގެ މަސްލަހަތާއި ދާއިމީ ހަނގުރާމަ ހުއްޓުވުމަށް އަމާޒުކޮށް އެ ހުށަހެޅުން ދިރާސާކުރަމުންދާ ކަމަށެވެ. އެ ފަރާތުން އިތުރަށް ބުނެފައިވަނީ ވިޓްކޮފްއާއެކު އާންމު އޮނިގަނޑަކަށް އެއްބަސްވެވިފައިވާ ކަމަށާއި، މީގެ ތެރޭގައި ދާއިމީ ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާއިން ޔަހޫދީ ސިފައިން ފުރިހަމައަށް ބޭރުކޮށްލުން ހިމެނޭ ކަމަށެވެ.

އިޒްރޭލުގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ބުނަނީ އިޒްރޭލުން ވިޓްކޮފްގެ ހުށަހެޅުމަށް ވަގުތުން އަދި ހާމަކޮށް އެއްބަސްވާންޖެހޭނެ ކަމަށެވެ. އަދި ޔަހޫދީންގެ ނުލަފާ ތާކިހާ އެޅި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓާމާރް ބެން-ގްވިރް އަދި ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް މި އެއްބަސްވުމަށް ހުރަސްއެޅުމަށް މަސައްކަތްކުރި ނަމަވެސް، ނެތަންޔާހޫއަށް ސަޕޯޓު ކުރާނެ ކަމަށް އިދިކޮޅުން ބުނެއެވެ.

އިޒްރޭލުގެ އަންދާޒާތަކުން ދައްކާ ގޮތުގައި ޣައްޒާގައި 58 ޔަހޫދީ ހަނގުރާމައިގެ އަސީރުން ތިބި ކަމަށާއި، އޭގެ ތެރެއިން 20 މީހުން ދިރި ތިބި ކަމަށް ލަފާކުރެއެވެ. އަނެއްކޮޅުން، އިޒްރޭލުގެ ޖަލުތަކުގައި ވަގަށް ނަގާފައިވާ ފަލަސްޠީނުގެ 10،100 އަށްވުރެ ގިނަ މީހުން އަނިޔާވެރިކަމުގައި ބަންދުކޮށްފައި ތިބި ކަމަށް ފަލަސްތީނު އަދި އިޒްރޭލުގެ އިންސާނީ ހައްގުތަކުގެ ރިޕޯޓުތަކުން ދައްކައެވެ.

ހިއްސާ ކުރައްވާ!