ޔަމަނުގެ ހޫތީން އިޒްރޭލުގެ އެލް އާލް އެއާލައިނާއި އާއި އެހެނިހެން މަތިންދާބޯޓުތަކަށް ހަމަލާ ދިނުމަށް ރާވަމުންދާ ކަމަށް ލުބުނާނުގެ އަލް އަޚްބާރު ނޫހަށް ހޫތީ މަސްދަރުތަކާ ހަވާލާދީ މައުލޫމާތު ދީފިއެވެ. އީރާނުގެ ތާއީދު އޮންނަ މި ޖަމާއަތުން މިފަދަ އިންޒާރެއް ދީފައިވަނީ އިޒްރޭލުން ހޫތީންގެ އެއާޕޯޓަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.
މި ހަފުތާގެ ކުރީކޮޅު އިޒްރޭލުގެ ފަޔަރ ޖެޓްތަކުން ހޫތީންގެ ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ދިނެވެ. އަދި ބަލިމީހުން އުފުލާ މަތިންދާބޯޓެއް ގޮއްވާލި އެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވަނީ ހޫތީންގެ ހަ މަތިންދާބޯޓެއް ނައްތާލުމަށްފަހު، އެ ޖަމާއަތުން އޮޕަރޭޓްކުރި އެންމެ ފަހު ބޯޓު ވެސް ހަލާކު ކޮށްލައި އެކަމަށް އުފާ ފާޅުކޮށްފައިވެ.
ހޫތީންގެ ފަރާތުން ބުނެފައިވަނީ އިޒްރޭލުން ހަމަލާދިން މަތިންދާބޯޓު ބޭނުންކުރަމުން ދިޔައީ އުރުދުނަށް މެޑިކަލް އިވެކުއޭޝަންތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެހެންނަމަވެސް، މިހާރު އެ ޖަމާއަތުން އިސްރާއީލުގެ މަތިންދާބޯޓުތަކަށް އަމާޒުކޮށް ހަމަލާ ދިނުމަށް ނިންމާފައި ވެއެވެ.
މިއީ އިޒްރޭލުގެ އަނިޔާއަށް ބަދަލު ހިފުމެކެވެ.






