ޣައްޒާގައި އުފައްދާފައިވާ އިންސާނީ ދަތިކަމަށް އިޒްރޭލު ސަރުކާރުން ރައްދު ނުދީފިނަމަ އިޒްރޭލުގެ ރައްޔިތުންނާ ދެކޮޅަށް "ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ" ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އިންޒާރު ދެއްވައިފި އެވެ.
ހުކުރު ދުވަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން މެކްރޮން ވިދާޅުވީ ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖެއްސުން އިތުރު ވަމުން ދާއިރު ބައިނަލްއަގްވާމީ މުޖުތަމައަށް އަޅާނުލައި ނުތިބެވޭނެ ކަމަށެވެ.
ފްރާންސާއި އެހެން ގައުމުތަކުން މިގޮތަށް ވާހަކަ ދައްކަމުންދާތާ ތިން މަސް ވެފައިވާއިރު ވެސް އިޒްރޭލަށް އެއްޗެއް ހިއެއް ނުވެއެވެ.
"އިންސާނީ ހާލަތާ އެއްގޮތަށް ކުރިއަށް އޮތް ގަޑިތަކާއި ދުވަސްތަކުގައި އެއްވެސް ޖަވާބެއް ނުލިބިއްޖެ ނަމަ އަޅުގަނޑުމެން (ޔޫރަޕްގެ) ގެ ޖަމާއަތުގެ މަގާމު ހަރުކަށި ކުރަން ޖެހޭނެ،" އިޒްރޭލުގެ ވަޒަންވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފްރާންސުން ވިސްނާފާނެ ކަމަށް ލަފާ ދެއްވަމުން އޭނާ އިތުރަށް ވިދާޅުވި އެވެ.
ފްރާންސް ބެލްކްމެއިލް ކުރުމަށް އިޒްރޭލު ފޮރިން މިނިސްޓަރ ބުނެފައި ވަނީ ފްރާންސުން ޔަހޫދީންނާ ދެކޮޅަށް ސޮލީބީ ހަނގުރާމައެއް ފަށަނީ ކަމަށެވެ.






