އެމެރިކާ ކުލީ ސިފައިން ހިންގާ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަންގެ އޮޕަރޭޝަންތައް ހިންގާ ތަނެއްކަމަށް މީހުން އެހީ ހޯދަންވެގެން ތަނަކަށް ވަން އިރު އެތަނަނީ އަސްކަރި މަރުކަޒެއް ކަމަށް މީހުން ބުނެއެވެ. އަދި އެހެން އެހދޭ މަރުކަޒެއްގައި ޔަހޫދީ ސިފައިން ބަޑި ޖެހުމުގެ ސަބަބުން 20 މީހުންނަށް އެކި ވަރުގެ އަނިޔާތައްވެސް ލިބިފައި ވެއެވެ.
އެހީ ހޯދަން ދިޔަ މީހުން ބުނަމުންދަނީ ކުލީ ސިފައިންގެ ޖީއެޗްއެފް އިން ހިންގަމުންދާ ސައިޓްތަކަކީ އިސްރާއީލުގެ ސިފައިން ތިބޭ ތަންތަނެވެ. އެތަނަށް ވަނުމުން އެމީހުންނަށް ފެންނަނީ ޓޭންކްތކާއި އާމަރޑް ވެހިކަލްތަކެވެ.
ބައެއް އާއިލާތަކުންވަނީ އެތަންތަނަށް ވަންނަ ބައެއް ޒުވާނުންނާއި ކުދިން ގެއްލުވާލާފައިވާ ކަމަށް ބުނެފައެވެ.
އަދި މިތަންތަނަކީ، ފަލސްޠީނު މީހުން އިތުރަށް އިހާނެތި ކުރުމަށް ހިންގާ ތަންތަން ކަމަށްވެސ ްބުނެއެވެ.





