މާލެ އާއި ހުޅުމާލޭގައި ކަރަންޓު ކެނޑުމުން ފަހުމީގެ ލީޑަރޝިޕާ މެދު ސުއާލު އުފެދޭ

މިއަދު މެންދުރުފަހު މާލެ އާއި ހުޅުމާލޭގައި ކަރަންޓު ކެނޑި، 5 ގަޑިއިރަށްވުރެ ގިނަ ވަގުތު ވަނީ ކަރަންޓު ނުލިބި ގޮސްފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހި އިގްތިސާދީ ހަރަކާތްތައް ހުއްޓުމަކަށް އައެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މައުލޫމާތު ދީފައިވާ ގޮތުގައި މެންދުރު 12:47 ގައި "ޓެކްނިކަލް މައްސަލައެއް" ގެ ސަބަބުން ކަރަންޓު ކެނޑުނީއެވެ. ނަމަވެސް ފަހުން ސްޓެލްކޯއިން ހާމަކުރި ގޮތުގައި ހުރިހާ ޖަނަރޭޓަރުތަކެއް އެއްފަހަރާ ކަނޑާލެވުނު ސަބަބު އަދިވެސް ސާފުވެފައެއް ނުވެއެވެ.ADV

މި ހާދިސާ ހިނގީ ސްޓެލްކޯއިން ރީޖަނަލް ސްކާޑާ ޕްރޮޖެކްޓަށް ފަޚުރުވެރި އެވޯޑެއް ހޯދި ތާ އަށް ދުވަސް ފަހުންނެވެ. މިކަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީގެ ލީޑަރޝިޕްއާ މެދު ސުވާލު އުފެދިފައިވެއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން މާލޭގެ އިގްތިސާދީ ހަރަކާތްތައް ހުއްޓުނެވެ. ފިހާރަތައް ބަންދުކުރަން ޖެހި، ޚިދުމަތްތައް މެދުކެނޑި، އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވިއެވެ. މިކަމުގެ ސަބަބުން ޓިކެޓު ކެނޑުމަށް ބުރޫ އެރުމާގުޅިގެން ރީޖަނަލް ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ހިލޭ ދަތުރުތައް ފޯރުކޮށްދީފައިވެއެވެ.

މާލޭ ސިޓީ ގްރޫޕްގެ ހަތަރު ބޮޑު ހޮސްޕިޓަލް ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީއަށްވެސް މި ހާދިސާގެ އަސަރު ކޮށްފައިވެއެވެ. ޚިދުމަތަށް ބުރޫ ނާރާގޮތަށް މި ހޮސްޕިޓަލްތަކުގައި ބެކަޕް ޖަނަރޭޓަރުތައް ވަގުތުން ބޭނުންކުރަން ފެށިއެވެ.

އިރު އޮއްސެން ކައިރިވިއިރުވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓު ލިބިފައިވީ ނަމަވެސް، އެހެން ބައެއް ހިސާބުތަކަށް ކަރަންޓު ނުލިބޭކަމަށް ރައްޔިތުން ޝަކުވާ ކުރަމުންދެއެވެ. ސްޓެލްކޯއިން ވަނީ މި ހާދިސާއާ ގުޅިގެން މަޢާފަށް އެދި، މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކަރަނޓު ކެނޑުނުތާ އިރުކޮޅެއްގެ ތެރޭގައި މައްސަލައިގެ ސީރިއަސްކަން ބަޔާން ކުރައްވައި އެކަން ހިނގައި ދިޔަ ގޮތް ބަލައި ތަކުރާރު ވިޔަ ނުދިނުމަށް ތަޙުޤީޤަކަށް ގޮވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ގޮވާލެއްވުމުގެ ބައިގަޑި ފަހުން ފުލުހުން ބުނެފައި ވަނީ ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ.

މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ތަޙުގީގު މުހިންމުވާ ސަބަބަކީ، ރައިސް ޔާމީންގެ ވެރިކަމުގައިވެސް ޝައްކު ކުރެވޭފަދަ ހާލަތެއްގައި މާލެއަށް ފެނުގެ ކާރިސާއެއް ކުރިމަތިވިއެވެ.

ހިއްސާ ކުރައްވާ!