ރަފަހު އަދި ޣައްޒާ ސިޓީގައި އެމެރިކާގެ ކުލީ ސިފައިންނާއި އިޒްރޭލު ސިފައިން ގުޅިގެން އެހީ ބަހާ ދެ ސަރަހައްދެއްގައި އެހީހޯދަން އުޅުނު މީހުންނަށް ޔަހޫދީންގެ ހެލިކޮޕްޓަރުތަކުން ހަމަލަ ދީ އެތައް ބަޔަލު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމް ކޮށްލައިފިއެވެ. މަރުވި، މީހުންގެ އަދަދު 32 އަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 200 އަށްވުރެ ގިނަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ހަމަލަ ދީފައި ވަނީ ރަފަޙުއާއި ނެޓްޒަރިމް ކޮރިޑޯގައެވެ. ހެލިކޮޕްޓަރުން ހަމަލަ ދިނުމުގެ އިތުރުން ޓޭންކުންވެސް ހަމަލަ ދީފައި ވެއެވެ.
އިޒްރޭލުގެ ޔަހޫދީ ސިފައިން "ބަޑި ޖެހި" ކަމަށް އެމެރިކާގެ ކުލީ ސިފައިން ބުނެއެވެ. ނަމަވެސް އިޒްރޭލު ސިފައިން ބުނަނީ އެފަދަ ކަމެއް ޔަހޫދީ ސިފައިން ކޮށްފައި ނުވާނެ ކަމަށެވެ.
އިސްރާއީލު ސިފައިންނާއި އެމެރިކާގެ ކުލީ ސިފައިންގެ އެހީތެރިކަމާއެކު އުފައްދާފައިވާ "ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން" (ޖީއެޗްއެފް) އިން އެހީ ބެހުމަކީ ދަންތުރައެއް ކަމަށް އދންވެސް ދަނީ ބުނަމުންނެވެ.
އދ އާއި އެހެނިހެން އެހީގެ ޖަމާއަތްތަކުން ވަނީ މި ކުލީ ސިފައިންނަށް އެއްބާރުލުން ދިނުމަށް އިންކާރުކޮށްފައެވެ. އެ ޖަމާއަތްތަކުން ބުނާ ގޮތުގައި ކުލީ ސިފައިން ހިންގާ އެހީގެ އޮޕަރޭޝަނަކީ، ވަކި ފަރާތަކަށް ނުޖެހޭ އޮޕަރޭޝަނެއް ނޫން ކަމަށެވެ.
ރަފަހުގައި އެހީ ހޯދަން އުޅުނު މީހުންނާ ދެކޮޅަށް ހިންގާފއިވާ ގަތުލުއާންމާ ބެހޭ މައުލޫމާތު ބައިނަލްއަގްވާމީ ނުސް އެޖެންސީއަށް ދިން އިބްރާހިމް އަބޫ ސައޫދު ބުނަނީ ޔަހުދީ ސިފައިން ހެލިކޮޕްޓަރުގައި އައިސް މަތިން މީހުންގެ ތެރެއަށް ބަޑި ޖެހި ކަމަށެވެ.، އެއިރު އެހީ ހޯދަން އެއްވަމުން ދިޔަ މީހުން ތިބީ އެހީ ދޭ މަރުކަޒާއި 300 ފޫޓު ދުރުގައެވެ.
އޭނާ ބުނި ގޮތުގައި އެތައް ބަޔަކު ބަޑި ޖަހައިގެން ޒަޚަމްވެފައިވާ ތަން ފެނުނު ކަމަށެވެ. އަދި އެހީ ދޭން އުޅެގެން އެއް ޒުވާނަކު ހަމަ އެތަނުގައި ވަގުތުން މަރުވިތަން ދުށް ކަމަށްވެސް އޭނާ ބުންޏެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ ހިންދު ޚުޟައިރީ ބުނި ގޮތުގައި ފަލަސްތީނުގެ ރައްޔިތުން މަރުވަމުންދަނީ "ކުދިންނަށް އެއްވަގުތުގެ ކެއުމެއް" ހޯދަން ނިކުމެ އުޅެނިކޮށެވެ. އޭނާ ބުނި ގޮތުގައި މިހާރު ބަހަމުންދާ ކާބޯތަކެއްޗަކީވެސް ފުދޭ ވަރެއްގެ އެއްޗެއް ނޫނެވެ.
އޭގައި ހިމެނެނީ ފުށް ކިލޯއަކއި 3 ޕެކެތް ޕާސްޓާއާއި އެއް ދަޅު ފޫލް އެކަންޏެވެ. މިއީ އިންތިޒާމެއް ނެތް ނަމެއްގައި ބަހަކުންދާ އެހީއެކެވެ. މީގެ މަގްސަދަކީ ފަލަސްޠީނު މީހުން ބަނޑަށް ޖެއްސިކަމުގެ ހުތުރު ނަމުން ޔަހުދީންގެ ދައުލަތް ސަލާމަތް ކޮށް ދިނުމެވެ. އެމެރިކާ ކުލީ ސިފައިންގެ މިއޮޕޮރޭޝަނަށް ފައިސާ ހޭދަކުރަމުން ދަނީ މުއްސަނދި ޔަހޫދީންނާއި އިޒްރޭލު ސަރުކާރުން ކަމަށް ތުހުމަތު ކުރެވެއެވެ.
އިޒްރޭލުގެ ޔަހުދީންގެ ސަރުކަރުން ވަނީ ޣައްޒާގައި މިހާރު ދެމިލިއަނަށްވުރެ ގިނަ މީހުން ބަނޑަށް ޖައްސާފައެވެ. ޣައްޒާ ޙިސާރަކޮށް، ކަރަންޓާއި ފެން ކަނޑާލައި ނަރުދަމާގެ ވަސީލަތްތަކަށް ބޮން އަޅައި ހަލާކުކޮށްލާފައި ވެއެވެ.
ބޮޑު ހަނގުރާމައިގައި ނާޒީންވެސް ޔަހުދީންނަށް ނުޖެއްސި ހާލު ޔަހޫދީ ޒަޔަނިސްޓުން ވަނީ ފަލަސްޠީނަށް ޖައްސާފައެވެ.





