އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީއެރ ސްޓާމަރ ވިދާޅުވަނީ ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށާއި، އެ ސަރަޙައްދަށް އިތުރު އިންސާނީ އެހީ ވަގުތުން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައެވެ.
ސްކޮޓްލޭންޑުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، "ޣައްޒާގެ ހާލަތު ވަނީ ހިފަހައްޓާ ނުލެވޭ ވަރަށް ގޯސްވެފައި. އަދި ދުވަހެއް ދުވަހަކަށް އެ ހާލަތު ގޯސްވަމުން އެބަދޭ." މި މައްސަލައާ ގުޅޭގޮތުން އިނގިރޭސިވިލާތުން އެއްވެސް ފިޔަވަޅެއް އަޅާނެތޯ ސުވާލުކުރުމުން މިފަދައިން ވިދާޅުވިއެވެ.
އިނގިރޭސިންނާއި އެނޫންވެސް ހުޅަނގުގެ ގައުމުތަކުން ކޮންމެ ދުވަހަކުވެސް ކަންބޮޑު ވާކަމަށް ބުނެ ކޮންމެވެސް އައު ވާހަކައެއް ދައްކައެވެ. ނަމަވެސް އިޒްރޭލާއި ޔަހޫދީންގެ ފައިސާގެ ބާރުގައި އެމީހުން މަގާމުތައް އާދެވިފައި ތިބުމުން އެމީހުން ފިޔަވަޅެއް އެޅުމަށް ޖެހިލުންވެ އެވެ.
އިތުރަށް ޣައްޒާއާ މެދު ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، "މިހާރު ޣައްޒާއަށް ލިބެމުންދާ އެހީއަށް ބާރަށް އެހީ ބެހުމަށް ސްޕީޑު އިތުރުކުރަން ޖެހޭކަން ވަރަށް ސާފުކޮށް ބުނަމުން އަޅުގަނޑުމެން ދަނީ އެހެން ޤައުމުތަކާއެކު މަސައްކަތްކުރަމުން." އިޒްރޭލުން ޣައްޒާ މީހުން ބަނޑަށް ޖެއްސިކަމަށް ވިދާޅުވާކަމަށް އިނގިރޭސި ބޮޑު ވަޒީރަކަށް ނުކެރުނެވެ.
ޣައްޒާގައި އެހީ ބަހަނީ އެމެރިކާ ސަރުކާރުން ރުހުން ލިބިގެން އެމެރިކާގެ ކުލީ ސިފައިންނާއި އިޒްރޭލު ސިފައިން ގުޅިގެން ނެވެ. އެހީދޭ ޖަމާއަތްތަކުން ބުނަނީ މިއީ ނަމެއްގައި ކުރާ ކަމެއް ކަމަށާއި އަދި މިއީ މަރުގެ ދަންތުރައެއް ކަމަށެވެ.
އދން ވަނީ ކުލީ ސިފައިންގެ އެހީ ބެހުމުގެ މަސައްކަތް ކުށްވެރިކޮށްފައެވެ.





