ޣައްޒާގައި ޒަޔަނިސްޓު ސަރުކާރުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވެފައިވާ ކެނެޑާ ޕާސްޕޯޓު ގެންގުޅޭ މީހުން ހިންގފައިވާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު އަމަލުތައް ކެނެޑާ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ކެނެޑާއިން އިއުލާން ކޮށްފިއެވެ.
ކެނެޑާ ސަރުކާރުން ބުނަނީ، ކެނެޑާގެ ކްރައިމްސް އެގޭންސްޓް ހިއުމެނިޓީ އެންޑް ވާރ ކްރައިމްސް ޕްރޮގްރާމް (ސީއޭއެޗްޑަބްލިއުސީޕީ) ގެ މި ތަހުގީގުގައި ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ކެނެޑާ ބޯޑަރ ސާވިސަސް އެޖެންސީ، އިމިގްރޭޝަން، އަދި ރެފިއުޖީސް އެންޑް ސިޓިޒަންޝިޕް ކެނެޑާ ބައިވެރިވެފައި ވެފައިވާ ކަމަށެވެ.
މިއީ އިޒްރޭލު ސިފައިންގެ ތެރޭގައި ޚިދުމަތް ކުރި ކެނެޑާގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންޑާ ތަހުގީގެކެވެ. މި ތަހުގީގުގެ ހޯދުންތަކަށް ފަހު ކެނެޑާގައި އެމީހުންނާ ދެކޮޅަށް ދައުވާ އުފުލުން ނުވަތަ ބައިނަލްއަގްވާމީ ޓްރައިބިއުނަލްތަކާ ހެކިތައް ހިއްސާ ކުރުމަށް ނިންމާނެއެވެ.
މި ތަހުގީގަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ އާންމުކޮށް އިއުލާން ކުރުމެއް ނެތި އަދި މައުލޫމާތު ދިނުމަށް ހޮޓްލައިނެއް އިއުލާން ކުރިމެއް ނެތި ސިއްރުން ކުރިއަށް ގެންދާ ތަހުގީގެއް ކަމަށެވެ.
މި ތަހުގީގުގެ ސަބަބުން ކެނެޑާގެ ޔަހޫދީންނާއި އިޒްރޭލުގެ ޖަމާއަތްތަކުގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ ޔަހޫދީންނާ މެދު ޢަދާވާތްތެރިކަން އިތުރުވުމުގެ ނިޝާނެކެވެ.
ހަނގުރާމައިގެ ޖަރީމާތައް ހިންގައިގެން ހައްޔަރުކުރުމަށް، އައިސީސީން އަމުރެއް ނެރެފައިވާ ޒަޔަނިސްޓު ބޮޑުވަޒީރު ނަތަންޔާހޫ ބުނަނީ ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އަކީ ހަމާސްގެ ގޮނޑިކޮއްކޮއެއް ކަމަށެވެ.
ކެނެޑާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ބުނަނީ ކެނެޑާއަކީ ހަނގުރާމައިގެ މުޖުރިމުންނަށް ރައްކާތެރި ތަނަކަށް ކެނެޑާ ހަދަން ބޭނުން ނުވާކަމަށެވެ.






