ޣައްޒާގެ އުތުރުގައި ޖަބާލިއާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދިޔަ ޒަޔަނިސްޓުންނަށް ދިން ކާމިޔާބު ހަމަލައެއްގައި ހަމާސްގެ ޤައްސާމް ބްރިގޭޑުން ދުޝްމަނުންގެ 3 މުޖުރިމަކު ނައްތާލައިފިއެވެ. ޒަޔަނިސްޓުންގެ ގިނަ ބަޔަކު ވަނީ މިމީހުންގެ ޖަނާޒާގައި ބައިވެރިވެރި ވެފައެވެ. ޖަނާޒާގައި ބައިވެރިވި ބައެއް ޒަޔަނިސްޓުން ހޭރެމުން ބުނަމުން ދިޔައީ ހަމާސްއިން މިމީހުން ޖަހަންނަމައަށް ފޮނުވާލަ ދިނީ އެންމެ 20 އަހަރުގައި ކަމަށެވެ.
މިމީހުންނަކީ ރަހުމެއް ނެތި ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުން ކުޅިވަރަކަށް މަރައި އުޅޭ ސިފައިންގެ ލަޝްކަރުގެ މީހުންނެވެ. މިމީހުންގެ ސަރުކާރަކީ، ޣައްޒާއިން ނަސްލު ސާފުކޮށްލުމަށް 2 މިލިއަން މީހުން ބަނޑަށް ޖައްސައި ފެނާއި ކަރަންޓު ކަނޑާލައިގެން ޣައްޒާ މީހުން ހާލުގައި ޖެއްސި ސަރުކާރެވެ.





