ޔަމަނުން އިޒްރޭލު އެއާޕޯޓު ހުޓުމަކަށް ގެނައި

އިޒްރޭލުގެ ބެން ގުރިއަން ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އަމާޒުކޮށްގެން، އަޑަށްވުރެ ބާރަށް ދަތުރުކުރާ "ފަލަސްތީން 2″ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ޔަމަނުގެ ހަނގުރާމަވެރިން ވަނީ އަސްކަރީ ޙަމަލާއެއް ދީފައެވެ. މި ޙަމަލާގެ ސަބަބުން އިޒްރޭލުގެ ގިނަ އަދަދެއްގެ މީހުން ބިންގަރާހަށް ވަންނަން މަޖުބޫރު ކުރިއެވެ. އަދި ވައިގެ ބަނދަރުގެ މަސައްކަތްތަތަކަށް ބުރޫއަރާ، އެމެރިކާގެ އަސްކަރީ މުދާ އުފުލާ މަތިންދާބޯޓެއް އެއާޕޯޓަށް ޖެއްސުން ދެ ދުވަހަށް ފަސްކޮށްފައި ވެއެވެ.

ޔަމަނުގެ ހަނގުރާމަވެރި އަންޞާރުﷲގެ ތަރުޖަމާނު، ބްރިގޭޑިއަރ ޖެނެރަލް ޔަޙްޔާ ސަރީޢު ވިދާޅުވެފައިވަނީ، ޒަޔަނިސްޓުންގެ ނަސްލު ނައްތާލުމުގެ ޖަރީމާއާ ދެކޮޅަށް އަދި ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ތާއީދުކޮށް ޔަމަނުން މި ޙަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ޙަމަލާ "ކާމިޔާބުކަމާއެކު އޭގެ އަމާޒަށް ޙާޞިލްވި" ކަމަށެވެ.

ޔަމަނުން ފޮނުވި ބެލިސްޓިކް މިސައިލު ފެނުމާ ގުޅިގެން، އިޒްރޭލުގައި ސަލާމަތީ އިންޒާރު އިއްވައި، ބެން ގުރިއަން ވައިގެ ބަނދަރު ވަގުތީގޮތުން ބަންދުކުރަން މަޖުބޫރު ވިއެވެ. އޭގެފަހުން ޓެލް އަވީވް ސަރަޙައްދުގައި 139 އަށްވުރެ ގިނަ ހިސާބުގައި އެއަރ ރެއިޑް ސައިރަންތައް އިއްވާފައި ވެއެވެ.

އިޒްރޭލުގެ ވައިގެ ދިފާޢީ ނިޒާމުތަކުން މިސައިލް އޭގެ އަމާޒަށް ފޯރުމުގެ ކުރިން ހުރަސް އަޅައި ނައްތާލި ކަމަށް ބުނެފައިވެއެވެ. މިއީ 24 ގަޑިއިރުގެ ތެރޭގައި ޔަމަނުން އިޒްރޭލާ ދިމާއަށް ފޮނުވާލި ދެވަނަ މިސައިލެވެ.

މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިޔާ ޔާއިރް ގޯލާން ބުނެފައިވަނީ، "ޔަމަނުން ފޮނުވާލި މިސައިލެއްގެ ސަބަބުން އެތައް މިލިއަން ޒަޔަނިސްޓު ރައްޔިތުންނަށް ރައްކާތެރިކަން ހޯދަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި އިޒްރޭލުން ޣައްޒާގެ ހަނގުރާމައިގައި ތާށިވެފައި ތިބޭތާ 20 މަސް ވެފައިވާއިރު، އިޒްރޭލަށް މޮޅެއް ލިބިފައި ނުވާކަމަށެވެ."

ހިއްސާ ކުރައްވާ!