މިއަދު އެހީ ބެހުމެއް ނޯންނާނެ ކަމަށް އެމެރިކާގެ ކުލީ ސަިފައިން އިއުލާން ކޮށްފިއެވެ. އެމެރިކާ ކުލީ ސިފައިން މިކަން އިއުލާން ކުރީ އެމެރިކާއާއި އިޒްރޭލުން ހިންގާ އެހީ ދިނުމުގެ މަސައްކަތުގެ އިދާރީ މަސައްކަތް ބަލަހައްޓާ ކުންފުނި ބޮސްޓަން ގްރޫޕުން މަސައްކަތް ހުއްޓާލުމާއި އެމީހުންގެ އިސްވެރިންގެ ދެ މީހަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
ކުލީ ސިފައިންގެ އެހީ ދޭ ޖަމުއިއްޔާއިން ބުނެފައި ވަނީ އިޒްރޭލު ސިފައިންނާ މަޝްވަރާތައް ކޮށް މިހާރަށް ވުރެން ސަލާމަތީ ފިޔަވަޅު ރަނގަޅު ކުރުމަށްފަހު އެހީ ދޭން ފަށާނެ ކަމަށެވެ. މިދިޔަ ދުވަސްތަކުގައި އެހީ ހޯދަން ދިޔަ ފަލަސްޠީނު މީހުންނާ ދިމާއަށް ޒަޔަނިސްޓު ޓެރަރިސްޓް ސިފައިން ބަޑި ޖެހުމުން އެތައް ބަޔަކު ޝަހީދު ވުމާ ގުޅިގެން ކުލީ ސިފައިންގެ އެހީ ދިނުމުގެ މަސައްކަތަށް ފާޑު ކިޔުން އަމާޒު ވެފައި ވެއެވެ.





