އިޒްރޭލާއެކު ވެފައިވާ ހަތިޔާރުގެ އެއްބސްވުން ސްޕެއިން އިން ބާޠިލުކޮށްފި

ސްޕެއިންގެ ދިފާއީ ވުޒާރާއިން އިޒްރޭލުގެ ރަފައެލް ކުންފުންޏާއެކު ވެފައިވާ، 325 މިލިއަން ޑޮލަރުގެ އަގުހުރި ސްޕައިކް އެންޓި ޓޭންކް މިސައިލް ގަތުމުގެ އެއްބަސްވުމުން ބާޠިލު ކުރުމަށް ނިންމައިފިއެވެ.

މި އެއްބަސްވުމަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު، އަޤްޞާ ޠޫފާން ފެށުމުގެ 4 ދުވަސް ކުރިން ވެފައިވާ އެއްބަސްވުމެކެވެ.

ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރޭސް ވަނީ ޔޫރަޕިއަން ޔޫނިއަންއިން އިޒްރޭލާއެކު އޮތް ގުޅުން "ވަގުތުން ހުއްޓުވުމަށް" އެދިވަޑައިގަންނަވާނެ ކަމަށް ވެސް އިޢުލާން ކުރައްވާފައެވެ.

މި ނިންމުމަކީ ފަލަސްތީނުގައި އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ސްޕެއިން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

މީގެ ކުރިން، 2023 ވަނަ އަހަރުގެ އޭޕްރީލް މަހު، މެޑްރިޑުން ވަނީ އިޒްރޭލުގެ ކުންފުނިތަކުން 15 މިލިއަން ވަޒަން ގަތުމަށް ވެފައިވާ އެއްބަސްވުން ވެސް ބާޠިލުކޮށްފައެވެ.

ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުތައް ޒަޔަނިސްޓް ސަރުކާރަށް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ސާފު އަދި ސީދާ ސިޔާސަތެއް ގެންގުޅޭ މަދު ޔޫރަޕުގެ ޤައުމުތަކުގެ ތެރޭގައި ސްޕެއިން ހިމެނެއެވެ.

ހިއްސާ ކުރައްވާ!