ފަލަސްޠީނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގައި މީހުން ޝަހީދުކޮށްގެން އުފާ ލިބިގަންނަ ޓެރަރިސްޓު ޔަހޫދީން މި 24 ގަޑިއިރު ތެރޭގައި 95 މީހުން ޝަހީދުކޮށްލައިފިއެވެ. އަދި 440 މީހުން ޒަޚަމް ކޮށްލައިފިއެވެ.
ހަނގުރާމައިގެ ޖަރީމާތައް، އެމެރިކާގެ ފުލް ސަޕޯޓާއެކު ހިންގާ ޒަޔަނިސްޓު ޓެރަރިސްޓުން މީގެ ކުރީ ދުވަހު ހިންގި ޖަރީމާތަކުގައި ޝަހީދު ކޮށްފައިވާ 2 މީހެއްގެ ހަށިގަނޑު ވެސް ވަނީ ބޮން އަޅާފައިވާ ސަރަޙައްދުން ފެނިފައެވެ.
ޒަޔަނިސްޓު އަދުއްވުން އެމެރިކާގެ ސަޕޯޓާއެކު މިފަހުން، ހަނގުރާމައިގެ ޖަރީމާތައް ހިންގަން ފެށިފަހުން މިހާތަނަށް 54،607 މީހުން ޝަހީދުކޮށްފައި ވެއެވެ. ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި 125،341 މީހުން ހަމަލަތަކުގައި ޔަހޫދީން ވަނީ ޣައްޒާއިން ޒަޚަމް ކޮށްފައެވެ.
އައު ބުރަކަށް މާރިޗު މަހު އަލުން ނަސްލު ނައްތާލުމަށް އެމެރިކާއިން ވާގިވެރިވެގެން ފެށި ހަމަލަތަކުގައި 4،335 ފަލަސްޠީނުން ޝަހީދުކޮށްފަ ވެއެވެ. އަދި 13،300 މީހުން ޒަޚަމްކޮށްފައި ވެއެވެ.
ޒަޔަނިސްޓުން ވަނީ ނާޒީންނާ ވާދައަށް ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި އެއް ދަރަޖަ ކުރިއަށް ޖެހިލައި، ޣައްޒާގެ 2 މިލިއަން މީހުން ބަނޑަށް ޖައްސައި ބޯނެފާއި ކަރަންޓުވެސް ކަނޑާލާފައެވެ.
ޔަހޫދީން ޣައްޒާ ހިސާރަކޮށްފައި ވުމާއެކު ކާނާއާއި ބޭސްފަރުވާގެ ދަތިކަމުގެ ސަބަބުން ބައިލައްކައަށް ވުރެން ގިނަ މައިންނާއި މާބަނޑު މީހުން ނުރައްކާތެރި ހާލަތެއްގައި ތިބި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ނަސްލު ނައްތާލައި ހަނގުރާމައިގެ ޖަރީމާތައް ހިންގުން ޔަހޫދީ ޒަޔަނިސްޓުން ކުޅިވަރަކަށް ހެދިފަހުން ޣައްޒާގައި ވިހެއުމުގެ ކުރިން ދަރިފުޅު ބައިގެންދާ މިންވަރު 6 ގުނައަށް އިތުރުވެފައިވެއެވެ.
ނާޒީ ޒަޔަނިސްޓު ޔަހޫދީން ވަނީ ނިޒާމީ ސިފައެއްގައި ޣައްޒާގެ ހަސްފަތާލުތަކާއި ޑޮކްޓަރުންނާއި ނަރުހުންނާއި އެމްބިއުލާންސްތަކަށާއި ޞިއްޙީ ނިޒާމަށް އަމާޒުކޮށް ހަމަލަ ދެމުން ގޮސްފައެވެ. ޔަހޫދީ ޒަޔަނިސްޓުން ވަނީ މުޅި ސިއްޙީ ނިޒާމު ވަނީ ފުނޑުފުނޑުކޮށްލާފައެވެ.
ޔަހޫދީ ޒަޔަނިސްޓުންގެ ހަނގުރާމައިގެ ޖަރީމާތަކުގައި 23 އަށް ވުރެ ގިނަ ހަސްފަތާލަށް ބޮން އަޅައި އަންދައި ހަމަލަތައް ދީހަދާފައި ވެއެވެ. މިހާރު ބޭނުން ކުރެވޭ ހަސްފަތާލެއް ހުރިނަމަ އެތާކު ބޭހއް ނެތެވެ. އެތަކެއް ޑޮކްޓަރުންނެއް ވަނީ ވަގަށް ނަގާފައެވެ.
ޔަހޫދީންގެ މި އުދުވާނުގެ ސަބަބުން 12،000 އަށް ވުރެ ގިނަ ކެންސަރު ބަލިމީހުންނަށް ފަރުވާ ނުލިބި ފައި ވެއެވެ. އަދި ދުވާލަކު ކެންސަރުގެ ބަލީގައި 5 މީހުން މަރުވަމުންދާ ކަމަށް ވެއެވެ.
ޔަހޫދީ ޓެރަރިސްޓު ސިފައިން ވަނީ ޣައްޒާގައި ހުރި އެންމެ ފަހުގެ ޑައިލިސިސް ހަދާ ޔުނިޓްވެސް ހަލާކުކޮށްލާފައެވެ. މިއީ އިންސާނިއްޔަތަށް އޮތް ކާރިސާއެކެވެ.




