ފަލަސްޠީނަށް ތާއީދު ކުރި މެމްބަރު ޖަލްސާއިން ބޭރުކޮށްފި

ބަރލިންގައި ޖަރަރުމަނުގެ ބުންޑެސްޓާގް (ޕާލިމަންޓް)ގެ ޖަލްސާއަކުން ވާތު ފިޔައިގެ ޕާޓީގެ މެންބަރު ކަންސިން ކޮކްޓުރުކް ފަލަސްޠީނަށް ތާއީދުކޮށްގެން ޖަލްސާއިން ބޭރުކޮށްލައިފިއެވެ. އޭނާ ބޭރުކޮށްލީ  "ފަލަސްތީން" ލިޔެފައިވާ ޓީ-ޝާޓެއް ލައިގެން ޖަލްސާއަށް ހާޒިރު ވުމުންނެވެ. ޖަލްސާގެ ރިއާސަތު ބެލެހެއްޓި ޖޫލިއާ ކްލޮކްނަރ ވިދާޅުވީ އޭނާގެ ޓީޝާޓަކީ ސިޔާސީ ބަޔާނެއް ކަމަށެވެ. އަދި ކްލޮކްނަރ ވަނީ މަޖިލީހުގެ ގަވާއިދުތަކުގެ ތެރެއިން އަންނައުނުގައި ސިޔާސީ މެސެޖުތައް ހިމަނައިގެން އައުމަކީ މަނާ ކަމެއް ކަމަށް ބުނާ މާއްދާއެއް ހަވާލާދީ، ކޮކްޓުރުކް ހެދުން ބަދަލުކުރަން ނަސޭހަތްތެރި ވެފައެވެ. އަދި އެކަމަށް އިންކާރުކުރުމުން އޭނާއަށް ޖަލްސާ ދޫކޮށް ދިއުމަށް އެންގިއެވެ.

ފަހުން، އެކްސްގައި ޕޯސްޓެއް ކުރަމުން ކޮކްޓުރުކް ވަނީ ފަލަސްތީނުގައި ހަނގުރާމައިގެ ޖަރީމާއިން މަރާލާ މީހުންނާ މެދު ޖަރުމަނުވިލާތުން އިޚްތިޔާރުކޮށްފައިވާ ހަނުހުރުމާއި އިސްރާއީލަށް ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދިނުމާމެދު ފާޑުކިޔާފައެވެ. ބުންޑެސްޓާގްގެ ހެދުން އެޅުމުގެ ގަވާއިދުގައި ވަނީ "މުއައްސަސާގެ ޤަދަރާ އެކަށީގެންވާ" ހެދުމެއް އެޅުމަށް ލާޒިމުކޮށްފައި ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. މީގެ ކުރިންވެސް މިފަދަ އެހެން ސިޔާސީ ނިޝާންތަކާ ގުޅިގެން މެންބަރުން ބޭރުކޮށް ފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވެއެވެ. ބައެއް ފަރާތްތަކުން މިއީ ޖަރުމަނުވިލާތުން ފަލަސްތީނަށް ތާއީދުކުރާ އަޑުތައް ހިމޭންކުރާ ކަމުގެ ހެއްކެއް ކަމަށް ބުނެފައިވެއެވެ. މީގެ ކުރިން ފުލުހުންވެސް ވަނީ ފަލަސްޠީނަށް ތާއީދު ކުރާ މީހުންނާ މެދު ހަރުކަށިކޮށް އިހާނެތިކޮށް ކަންތައް ކޮށްފައެވެ. ADV

ހިއްސާ ކުރައްވާ!