ރައީސް މުއިއްޒު އަރަފާތު ބިމުން ދިވެހިންނަށް އެއްބައިވަންތަކުގެ މެސެޖެއް

ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާއަށް ވަޑައިގެން އަރަފާތު ބިމުގައި ހުންނަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ޚާއްޞަ މެސެޖެއް ދެއްވައިފިއެވެ. މިއަދު އެކްސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، އެ މަނިކުފާނުގެ ދުއާއަކީ ދިވެހިންގެ ހިތްތަކުގައި އެއްބައެއްވަންތަކަން އާލާވެ، އެކުވެރިކަމާއި އުޚުއްވަތްތެރިކަން ބަދަހިވެގެން ދިއުން ކަމަށެވެ.

ހައްޖު ދުވަހުގެ ހެޔޮ ދުއާއާއި ތަހުނިޔާ ދިވެހިންނަށް ފޮނުއްވަމުން ރައީސް އިތުރަށް ވިދާޅުވެފައިވަނީ، މި ބަރަކާތްތެރި ހައްޖު ދުވަހުގެ ހެޔޮ ދަރުމައާއި ސަވާބު ހުރިހާ ދިވެހިންނަށް މިންވަރުވުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ.

މިއަދަކީ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަސް ކަމަށްވާތީ، ހައްޖާޖީން އަރަފާތުގައި ތިބޭނެއެވެ. މެންދުރު ނަމާދަށް ފަހު، އިމާމު ޙައްޖު ޚުތުބާ ދެއްވާނެއެވެ. އޭގެ ފަހުން ހައްޖާޖީން މިއަދުގެ މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެއެވެ. އެއަށް ފަހު އަރަފާތު ބިމުގައި، އިރުއޮއްސެންދެން ޙައްޖެވެރިން ޤާއިމްވެ ތިބޭނެއެވެ.

މިއަދުގެ އިރުއޮއްސެންދެން ޙައްޖުވެރިން ހޭދަކުރާނީ ދުއާކުރުމާއި ޒިކުރު ކުރުމުގައެވެ. މިއީ ހައްޖުގެ އެންމެ މުހިންމު އަދި މާތް ވަގުތެވެ.ADV

ހިއްސާ ކުރައްވާ!