އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ، ހަމާސްއާ ދެކޮޅަށް އިޒްރޭލުން ގޭންގްތަކަށް ވާގިވެރިވާ ކަމަށް އެއްބަސްވެފައެވެ. ހަމާސްއާ ދެކޮޅަށް ހަރަކާތްތެރިވުމަށް އިޒްރޭލުން ޣައްޒާގެ ގޭންގްތަކަށް ހަތިޔާރު ދެމުންދާ ކަމަށް ނަތަންޔާހޫ ބުނީ 52 މީހުން އެކި ހަމަލަތަކުގައި މަރާލުމާ ގުޅިގެންނެވެ. 52 މީހުން މަރާލި ނުރައްކާތެރި އަސްކަރީ ހަމަލާތަކަކަށްފަހު، އެކްސްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ނެތަންޔާހޫ ބުނެފައިވަނީ، ސަލާމަތީ އޮފިޝަލުންގެ ލަފާގެ މަތިން މި ސްޓްރެޓެޖީ ގެންގުޅެނީ ހަމާސް ބަލިކަށިކުރުމަށް ކަމަށެވެ.
މި ހަތިޔާރުތައް ދީފައިޥާ ގޭންގް ތަކަކީ ޣައްޒާގައި އެހީގެ ގާފިލާތައް އިޒްރޭލުގެ އެހީތެރިކަމާއެކު ލޫޓުވާލާ ޕޮޕިއުލަރ ފޯސަސް ފަދަ ގޭންގް ތަކެވެ. މިމީހުންނަށް ތުހުމަތުކުރެވެނީ އިޒްރޭލުގެ ހިސާރަ ކުރުމުން ޣައްޒާގައި ބަނޑަށް ޖެހިފައިޥާ މީހުންގެ އެހީ ވަގަށް ނަގަމުން ހަމަނުޖެހުން އުފައްދަމުން ދާކަމަށެވެ
އެމެރިކާ އާއި އިޒްރޭލުގެ އެހީތެރިކަން ލިބިގެން ކުލީ ސިފައިން ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އަކީ މި ގްރޫޕްތަކާ ގުޅުންހުރި ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާއަށް ފާޑުކިޔާފައިވަނީ އެހީ ފޯރުކޮށްދޭ ތަންތަން "އިންސާނުން ކަތިލާ ތަނަކަށް" ހަދައި ހަމަލަތައް ދެމުންދާތީއެވެ. އެހީތަންތަނަށް ދެމުންޑާ ހަމަލަތަކުގައި 100 އަށްވުރެ ގިނަ މީހުން މަރާލާފައި ވެއެވެ.
ޔަހޫދީންގެ ސަރުކަރުން ގޭންގްތަކަށް ހަތިޔާރު ދިނުމާމެދު އިޒްރޭލުގެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔާފައި ވެއެވެ. އަދި އޭގެ ނޭދެވޭ އަސަރު އަނބުރާ އިޒްރޭލަށް ކުރާނެ ކަމަށް އެމީހުން ބުނެއެވެ.
ގޭންގް ހަމަލާތަކުގައި އަލްއަހްލީ ހޮސްޕިޓަލުގައި ތިބި 4 ނޫސްވެރިން ވެސް މަރާލާފައި ވެއެވެ.




