ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަޢޫދީ ވަލީ އަހުދުގެ ޙައްޖު ރިސެޕްޝަނުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ އަރަބިއްޔާގެ ވަލީ އަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބޭއްވެވި އަހަރީ ރިސެޕްޝަނުގައި ބައިވެރިވެވަޑައިގެންފިއެވެ. މި ރިސެޕްޝަނަކީ ޚާދިމުލް ޙަރަމައިން އައްޝަރީފައިން ސަލްމާން ރަސްގެފާނުގެ ފަރާތްޕުޅުން ބޭއްވެވި ރިސެޕްޝަނެކެވެ. އަދި މިއީ، މި އަހަރުގެ ޙައްޖު މޫސުމުގައި ޙައްޖުވެވަޑައިގެންނެވި ދައުލަތްތަކުގެ އިސްވެރިންނާއި، އިސްލާމީ ޝަޚްޞިއްޔަތުތަކާއި، ޚާދިމުލް ޙަރަމައިންގެ މެހެމާނުންނާއި، ސަރުކާރުގެ އޭޖެންސީތަކުގެ މެހެމާނުންނާއި، ޑެލިގޭޝަންތަކުގެ އިސްވެރިންނާއި، ޙައްޖު ކަންތައްތަކާ ގުޅުންހުރި އޮފީސްތަކުގެ އިސްވެރިންގެ ޝަރަފުގައި ބޭއްވެވި ރިސެޕްޝަނެކެވެ.

ހިއްސާ ކުރައްވާ!