ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހޮނިހިރު ދުވަހު އަލްމިނާ ގަނޑުވަރުގައި ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގެ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ވެސް ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް އަޚުވަންތަކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެއްބަސްވެ ވަޑައިގަތެވެ. އަދި ދެ ޤައުމުގެ މެދުގައި އޮތް މުހިންމު ގުޅުމާއި، ދެ ޤައުމުގެ މަސްލަހަތުތަކަށް އަހައްމިއްޔަތުކަން ދެއްވައި މަޝްވަރާތައް ބަދަލު ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމަކީ ރައިސުލްޖުމްހޫރިއްޔާ، ބައިނަލްއަޤްވާމީ ގުޅުންތައް ފުޅާކުރެއްވުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ބާއްވާފައިވާ ބައްދަލުކުރެއްވުމެކެވެ.






