މެޑްލިން ބޯޓު ކަނޑުފޭރިގަތުމަށްފަހު އޭގައި ދަތުރު ކުރި މީހުން ރަހީނު ކުރި މައްސަލ މުސްލިމު ޖަމާއަތްތަކުން ދަނީ ކުށްވެރި ކުރަމުންނެވެ. އެމެރިކާގެ މުސްލިމުންގެ ޖަމުއިއްޔާ ކެއަރ އިން ބުނެފައި ވަނީ މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. މުސްލިމު ޖަމއަތްތަކުން މިކަން ކުށްވެރި ކުރަމުންދާއިރު މި ބޯޓުގައި ތިބި މީހުންގެ ގައުމުތަކުން އިޒްރޭލުގެ ކަނޑު ފޭރުމާއި މީހުން ވަގަށް ނެގުން ކުށްވެރިކޮށްފައެއް ނުވެއެވެ.
މެޑްލިން ބޯޓޫ ކަނޑު ފޭރިގަތީ ޣައްޒާއާ 100 މޭލު ބޭރުން ޣައްޒާ ގަޑިން މެންދަމު 1 ޖެހިތަނާއެވެ.
ކަނޑު ފޭރިގަތުމުގެ ކުރިން ޒަޔނިސްޓުން ވަނީ ދެ ޑްރޯން ބޯޓަށް ފޮނުވައި ހުދު ކުލައިގެނ ކެމިކަލެއް ބޯޓަށް ސްޕްރޭ ކޮށްފައެވެ. އަދި ބޯޓަށް އެރުމުގެ ކުރިން ފަޅުވެރިންނަށް އެމީހުންގެ މުވާސަލާތީ ވަސީލަތްތައް ކަނޑަށް ވައްޓާލުމަށްވެސް ޔަހޫދީ ސިފައިން މަޖުބޫރު ކުރުވިއެވެ.
އިޒްރޭލުން ވަގަށް ނެތި އެކްޓިވިސްޓުން ގެންގޮސްފައިވަނީ އަޝްދޫދުގެ ޖަލަކަށް ކަމަށް އިޒްރޭލުން ބުނެއެވެ.
- އެމީހުންގެ ތެރޭގައި ހިމެނެނީ:
- ބަޕްޓިސްޓް އޮނޑްރޭ: އެއީ، އިޒްރޭލުގެ ސިފައިން ފަޅުވެރިންނަށް އަނިޔާކޮށް ވިހައް ދީގެން ފުރާނައަށް ނުރައްކާ ކޮށްފާނެ ކަމަށް ބަލައި ފުރަތަމަ އެހީ ދިނުމަށްޓަކައި މެޑްލިންގައި ދަތުރު ކުރި މެޑިކަލް ޑޮކްޓަރެވެ. އޭނާއަކީ ފްރާންސް މީހެކެވެ.
- ގްރެޓާ ތަންބަރގް: ތިމާވެށީގެ ރައްކާތެރިކަމަށް ވަކާލާތު ކުރުމުން ބައިނަލްއަގްވާމީ ގޮތުން މަޝްހޫރުވި ސްވިޑެންގެ މޫސުމާ ބެހޭ 22 އަހަރުގެ އެކްޓިވިސްޓެވެ.
- މާކޯ ވެން ރެންސް: އެކްޓިވިސްޓެއް އަދި ޣައްޒާއަށް ދިޔަ މެޑެލިންގެ މެންބަރެވެ.
- އުމަރު ފައްޔާދު: އަލްޖަޒީރާ މުބާޝިރުގެ ނޫސްވެރިޔާ އަކީ ނޭވާ ހިއްލާ، އަދި އަބަދވެސް އިންހޭލާ ޖަހައިގެން އުޅޭ މީހެކެވެ.
- ޕަސްކާލް މައުރިއެރާސް: މީގެ ކުރިންވެސް ފްރީޑަމް ފްލޮޓިލާ ފުޅަނދުގެ ދަތުރެއް ކަމަށްވާ ފްރީޑަމް ބޯޓުގައި 2018 ވަނަ އަހަރު އުޅުނު ފްރާންސްގެ އެކްޓިވިސްޓެއް އަދި މާ ކެޔޮޅެކެވެ.
- ރެވާ ވިއާޑް: އިންސާނީ ހައްގުތަކުގެ އެކިއެކި ކަންކަމުގައި ބައިވެރިވުމުގެ ގޮތުން މަޝްހޫރު ފްރާންސްގެ އެކްޓިވިސްޓެކެވެ.
- ރީމާ ހަސަން: ގްރީން ޕާޓީ ތަމްސީލު ކުރައްވާ ޔޫރަޕިއަން ޕާލަމެންޓްގެ ފްރާންސްގެ ފަލަސްތީނުގެ ދަރިކޮޅުގެ މެންބަރެކެވެ.
- ސާޖިއޯ ޓޮރިބިއޯ: ސްޕެއިންގެ އެކްޓިވިސްޓެއް އަދި މެޑްލިންގައި ހިމެނޭ މެރިން ކޮންޒަވޭޝަން އެންޖީއޯ ސީ ޝެފަރޑްގެ މެމްބަރެކެވެ.
- ޝުޢައިބް އޮރްޑޫ: ތުރުކީގެ އެކްޓިވިސްޓް ސުމްމޭރާ މިޓެލްމީރާއި 2017 ވަނަ އަހަރުން ފެށިގެން ކައިވެނިކޮށްގެން އުޅޭ، ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ހިލޭ ސާބަހަށް އެކި ޕްރޮޖެކްޓްތަކުގައި ހަރަކާތްތެރިވާތާ އަހަރުތަކެއް ވެފައިވާ އެކްޓިވެސްޓެކެވެ.
- ތިއާގޯ އަވިލާ: ބްރެޒިލްގެ އެކްޓިވިސްޓަކީ ހަ މަހުގެ އަންހެން ދަރިއެއްގެ ބައްޕަ އެކެވެ. އަދި ފްރީޑަމް ފްލޮޓިލާ ބްރެޒިލްގެ ކޯޑިނޭޓަރުގެ އިތުރުން ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ ސްޓިއަރިން ކޮމިޓީގެ މެމްބަރެކެވެ.
- ޔާނިސް މުހަންމަދީ: ޚަބަރު ގެނަސްދޭ ޕްލެޓްފޯމް "ބްލާސްޓް" ގެ ފްރާންސްގެ ނޫސްވެރިއެކެވެ.
- ޔާސްމީން އަކާރު: ޖަރުމަނުގެ އުމުރުން 37 އަހަރުގެ އެކްޓިވިސްޓަކީ އުމުރުން 15 އަހަރުން ފެށިގެން ރެފިއުޖީންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް، މުސްލިމުންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ވަކާލާތުކުރާ އެކްޓިވިސްޓެކެވެ. ޖަރުމަނަށް އުފަން ކުރުދީ ނަސްލުގެ ތުރުކީއަށް ނިސްބަތްވާ މީހެކެވެ.






