އިސްރާއީލުގެ ހިސާރު ކުރުން ‘ރޫޅާލުމަށް’ ޓިއުނީޝިއާގެ އެހީގެ އެއްގަމު ފުޅަނދެއް ޣައްޒާއަށް ދަތުރު ފަށައިފިއެވެ. އެތައް ސަތޭކަ ބަޔަކާއެކު، ދަތުރު ކުރާ މި އެއްގަމު ފުޅަނދުގައި ހިމެނެނީ މައިގަނޑު ގޮތެއްގައި ޓިއުނީޝިއާގެ މީހުންނެވެ.
މިއީ ޔަހޫދީން ހިސާރަކޮށް ބަނޑަށް ޖައްސާފައިވާ ފަލަސްތީނުގެ ސަރަހައްދުގެ "ހިސާރަ ކުރުން ފޫއަޅުވާލުމަށް" ޣައްޒާއަށް އަށް ދަތުރުކުރާ 9 ބަހުގެ ގާފިލާއެކެވެ.
މި ގާފިލާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނީ ނުވަ ބަހުގެ ފުޅަނދު ޣައްޒާއަށް އެހީ ދިނުމަށް ކުރާ މަސައްކަތަކީ ރަމްޒީ މަސައްކަތެއް ކަމަށެވެ.
މި ގާފިލާއަށް ދީފައިޥާ ނަމަކީ ޞުމޫދު (ސާބިތުވެ ތިބުން) އެވެ. ހަފްތާ ނިމޭއިރު ޣައްޒާއަށް ވަންނަ މި ގާފިލާގައި ޑޮކްޓަރުންވެސް އެބަތިއްބެވެ.
އެކްޓިވިސްޓް ޖަވާހިރު ޝަންނާ ބުނިގޮތުގައި އެމީހުން ދަތުރު ކުރަނީ ޓިއުނީޝިއާއިން ގޮސް ލީބިޔާއަށް ވަދެ، ލީބިޔާއިން މިސްރަށް ވަދެ މިސްރު މަގުން ރަފަހަ ބޯދަރު ހުރަސްކޮށް ޣައްޒާއަށެވެ. ނަމަވެސް ޤާހިރާއިން ރަފަހައަށް ދަތުރު ކުރުމަށް އަދި ހުއްދަ ދިން ކަމެއް މިސްރުން ނައަންގައެވެ.
"އަޅުގަނޑުމެންނަކީ ގާތްގަނޑަކަށް 1،000 މީހުން، ދަތުރު ކުރާ މަގުމަތީގައި އިތުރު ބަޔަކު އަޅުގަނޑުމެންނާ ގުޅޭނެ،" ޓިއުނީޝިއަން ކޯޑިނޭޝަން އޮފް ޖޮއިންޓް އެކްޝަން ފޯ ފަލަސްތީނުގެ ތަރުޖަމާނު ޝަންނާ ކިޔައި ދެއެވެ.





