ވައިޓް ހައުސްގައި މަސްކް މަސްތުވާތަކެތި ބޭނުންކުރުމާ ބެހޭ ގޮތުން ޓްރަމްޕް ބުނީ ކީކޭ؟

ޓްރަމްޕްގެ ސަރުކާރަށް ލަފާދޭ ފަރާތެއްގެ ގޮތުގައި އެލޮން މަސްކް އުޅުނު ދުވަސްވަރު، ކެޓަމިން، އެސްޓަސީ، އަދި ސައިކެޑެލިކް މަޝްރޫމް ފަދަ މަސްތުވާތަކެތީގެ ބޭސްތައް ބޭނުންކުރި ކަމަށް ބުނާ ވާހަކަތަކާ މެދު ޓްރަމްޕަށް ސުއާލު ދެންނެވުނެވެ.

މަސްކު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް މީޑިއާއިން ތުހުމަތު ކުރެއެވެ. އެގޮތުން، މެއި މަހުގެ 30 ވަނަ ދުވަހު ނިއުޔޯކް ޓައިމްސް އިން އެކުލަވާފައިވާ ރިޕޯޓެއްގައި މަސްކުގެ މިފަދަ އާދަތްތަކުގެ ސަބަބުން އޭނާގެ ސިއްހަތަށް އަސަރު ކުރި ކަމަށް ބުނެއެވެ.

ޓްރަމްޕާ މީޑިއާއިން ސުއާލުކޮށްފައި ވަނީ ވައިޓްހައުސް ވަދެ އުޅުނު ދުވަސްވަރު މަސްކު ވައިޓްހައުސްގައި މަސްތުވާތަކެތި ބޭނުންކޮށްފައި ވޭތޮއެވެ؟ ޓްރަމްޕް ވަނީ މަސްކަށް ހެޔޮ އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. "އަޅުގަނޑަށް ހަގީގަތުގައި ވެސް ނޭނގެ، އަޅުގަނޑަކަށް ނުވިސްނޭ، އުންމީދު ކުރަން އެހެން ނޫން ކަމަށް" މަސްކުގެ މަސްތުވުމާ ބެހޭ ގޮތުން ޓްރަމްޕް ވިދާޅުވެ އެވެ.

ޓްރަމްޕާ އެކު ދެބަސްވުމެއް އުފެދުމަށްފަހު ދެ މިތުރުން ވަނީ ދެ ހަތުރުންނަށް ވެފައެވެ.

މަސްކު ޓްރަމްޕްގެ ބަޖެޓަށް ފާޑު ކިޔާފައިވާ މައްސަލާގައި ޓްރަމްޕް ވާހަކަ ދެއްކެވީ ޖަރުމަން ޗާންސެލަރއާ އެކު އޮތް ބައްދަލުވުމުގައެވެ. ލައިވް ޓީވީގައި ޓްރަމްޕް ވިދާޅުވި ވާހަކަތަކަށް މަސްކު އެކްސްގައި ވަގުތުން ރައްދު ދެމުން ދިޔައެވެ. އަދި އޭނާ ވަނީ ޓްރަމްޕާއި ޖެފްރީ އެޕްސްޓެއިންއާ އެކު ހުރި ފޮޓޯއެއްވެސް އެކްސްގައި ޕޯސްޓުކޮށްފައެވެ. އެޕްސްޓެއިން އަކީ އިޒްރޭލުގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި އެމެރިކާގެ ނަން މަޝްހުރު އެންމެނަށް އަންހެން ކުދިން ހޯދައި ދީގެން އެމީހުން ބްލެކްމެއިލް ކުރި މީހާއެވެ.

މަސްކު ވަނީ ނިއުޔޯކު ޓައިމްސްގެ ރިޕޯޓަކީ "ދޮގު" ރިޕޯޓެއް ކަމަށް ބުނެފައެވެ. އަދި އޭނާ ޑިޕްރެޝަނަށް ބެސްކުރި ކަމަށާއި ޑޮކްޓަރުގެ ލަފާގެ މަތިން ކެޓަމިން ބޭސް ބޭނުންކުރިކަން ސާފުކޮށްދީފަ އެވެ.

މަސްކާއި ޓްރަމްޕް މިވާހަކަ މިގޮތަށް ދެއްކިނަމަވެސް ވައިޓްހައުސްގެ ތެރެއިން ކޮކެއިން ފެނިގެން އެފްބީއައިން ތަހުގީގެއް ހިންގި ކަމަށް މީޑިއާއިން ރިޕޯޓުކޮށްފައި ވެއެވެ.، އެކަމުގެ އަޕްޑޭޓެއް އަދި އަސްފައި ނުވެއެވެ.

ހިއްސާ ކުރައްވާ!