ޓަންބަރގް އެއާފްރާންސްގެ ބޯޓެއްގައި ޑިޕޯޓްކޮށްފި

މިނިވަން ފުޅަނދު، މެޑްލިންގައި ދަތުރުކުރި ސުއިޑްންގެ އެކްޓިވިސްޓް ގްރެޓާ ޓަންބަރގް ކިޑްނެޕް ކުރުމަށްފަހު ޔަހޫދީ ސަރުކާރުން އޭނާ އިޒްރޭލު ބޭރުކޮށްލައިފިއެވެ. އިޒްރޭލުން ވަނީ އެއަރ ފްރާންސްގެ މަތިންދާބޯޓެއްގައި އޭނާ އިން ފޮޓޯއެއް މީޑިއާއަށް ދީފައެވެ.

ޓަންބަރގްއާއެކު ދަތުރު ކުރި މީހުންގެ ތެރޭން ބައެއް މީހުން ޑިޕޯޓު ކުރުމަށް ދެކޮޅު ހެދުމުން އެމީހުން އަދި ތިބީ ބަންދުގައި ބައިތިއްބާފައެވެ.

ހިއްސާ ކުރައްވާ!